މާފަރުން މުންބާއީ އަށް މޯލްޑިވިއަންގެ ސީދާ ދަތުރުތަށް ފަށަނީ

Loading

Facebook
Twitter
WhatsApp

 

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ މުމްބާއީއަށް ދަތުރުތައް ފެށުމަށް ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ މާފަރު އެއަރޕޯޓާއި މުންބާއީއާ ދެމެދު ކުރުމަށް ހަމަޖައްސާފައިވާ ދަތުރުތައް ކުރުމަށް އެ އެއަރލައިނުން ތައްޔާރުވެފައި ވާކަމަށާ މި ދަތުރުތައް މިއަންނަމަހު 13 ވަނަ ދުވަހު ފަށާނެކަމަށެވެ.

މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ހަފްތާއަކު ތިން ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މޯލްޑިވިއަނުން ކުރިން ކުރަމުންދިޔަ ބޭރުގަމުގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ.

އެ އެއަރލައިނުން ބުނީ މުމްބާއީއަށް ކުރުމަށް ހަމަޖައްސާމުން އަންނަ ދަތުރުތަކަކީ ވެސް ޗައިނާ އަށް ކުރަމުން ދިޔަ ދަތުރުތަށް ހުއްޓިފައި ވުމާއެކު އެ އެއަރލައިނުގެ ބޯޓްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުމަށް ހަމަޖައްސާފައިވާ ދަތުރުތައް ކަމަށެވެ.

މި ދަތުރުތަކުގެ ސަބަބުން މާފަރާއި އެރަށް ކައިރީގައިވާ ރިސޯޓްތަކާއި ރަށްތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކުރެވޭފަދަ ނަފާތަށް ވާނެކަމަށް މޯލްޑިވިއަނުން ދެކެއެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ  އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށް ތަރައްގީކޮށްފައިވާ އެއަރޕޯޓެކެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް