ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު 14 އަހަރަށް ޖަލަށް

Loading

Facebook
Twitter
WhatsApp

 

 

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 14 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ޖިންސީ ގޯނާ ކުރި ކަން ސާބިތުވެ ހުކުމްކޮށްފައިވަނީ އދ. ދިގުރަށު ކަނީރުވިލާ އުމުރުން 50 އަހަރުގެ ހުސައިން ޔަހުޔާގެ މައްޗަށެވެ.

އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާއާއަށް ޔަހްޔާ އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައި ވަނީ 2014 އާއި 2015 އާ ދެމެދު އެވެ.
މި މައްސަލަ 2017ވަނަ އަހަރު އދ. ދިގުރަށު ކޯޓުންވަނީ ބަލާފައެވެ. ދިގުރަށު ކޯޓުން ނިންމީ ޔަހުޔާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. ނަމަވެސް ޕީޖީން ވަނީ މިމައްސަލަ ފަހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ ޔަހުޔާގެ މައްޗަށް ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް