ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ އިޔާޒް އަކީ މުނާފިގެއްކަމަށް ބުނެ އޭނާ ހައްޔަރުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
އިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އިޔާޒް އަށް ނިސްބަތްކޮށް އާޒިމް ވިދާޅުވީ އެއީ ދިވެހި މުޖުތަމަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރައްވާ ފަރާތެއްކަމަށެވެ.
” ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަން ގޮވާލަން. މީނާ ދޫކޮށްފަ ބަހައްޓައިފިނަމަ އަންހެންދަރިން މަރާލަންވެސް ގޮވާލަފާނެ” އިޔާޒަށް ނިސްބަތްކުރައްވާ އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އާޒިމްގެ މި ޓްވީޓާއި ގުޅިގެން އޭނާ އާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުންދަނީ ނުރުހުން ފާޅުކުރުރަމުންނެވެ. އޭގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރު ވިދާޅުވީ އާޒިމްގެ ވިސްނުން ހުދުމުހުތާރު ކަމަށާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށެވެ. އަދި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ފެންނަނީ ހަމައެކަނި އިދިކޮޅުގަ ތިއްބެވި އިރުގަތޯ ވެސް މޫސަވަނީ ސުވާލުކޮށްފައެވެ.
އާޒިމްގެ ޓްވީޓަށް ކޮމެންޓް ކުރި ގިނަ މީހުންވަނީ އޭނާ އަކީ އިސްލާމް ދިނާ ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތެއްކަމަށް ތުހުމަތުކޮށްފައެވެ.
ކޮވިޑް -19ގެ ބަލި ޖެހޭމީހުންގެ އަދަދު ގިނަވުމާއި ގުޅިގެން މި ބަލި ކޮންޓްރޯލް ކުރުމަށް މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ޑރ. އިޔާޒު އަންނަނީ ފާޅުގައި އެ ނިންމުމާ ދެކޮޅަށް ވަހަކަފުޅު ދައްކަވަމުންނެވެ.
އިޔާޒުގެ މި ވާހަކަފުޅުތަކާ ގުޅިގެން އޭނާގައުމީ ޔުނިވާސިޓީގައި އަދާ ކުރަމުންދާ ވަޒީފާއިން ވަނީ 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ.
އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ސީނިއާ ލެކްޗަރާ އެކެވެ.
އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން އަދާލަތު ޕާޓީ އާއި އަދި ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިޔާޒަށް ހިތްވަރު ދެމުންނެވެ.
އެގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ ކަމަށެވެ.
ޖެހިލުމެއް ނެތި މާޒީގެ ވެރިންނަށް ދެއްވާ ރައްދަށް ކެތް ނުކުރެވުނު ކަމަށާ އިޔާޒާމެދު ނާއިންސާފުން އަޅާ ފިޔަވަޅަކީ ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީވަނީ ވަރަށް ބަލިކަށިވެފާ. ޕާޓީގެ ފަރާތުން ނުރުހުމުގެ ބަހެއްވެސް ނުބުނެވޭވަރަށް ރީދޫ ހުންޖެހިފައިވަނީ. ދެން ޝެއިޚު އިލްޔާސްގެ އަމިއްލަ ޓުވިޓުން އޭނާގެ އަޚު ޑރ. އިޔާޒޔު ދިފާޢުކުރަށް ޓުވިޓެއްކުރެއްވިޔަސް އެކަމާވެސް އޭޕީގެ މިހާރުގެ ލިޑަރ ޝިޕް ތިބޭނީ ނުރުހުންވެފައެވެ. މަޖިލީހުން ގަރާރެއް ފާސްކޮށް އާޒިމް އެބޭނުންވާގޮތަށް އިޔާޒް ހައްޔަރުވެސް މިހާލަތުގައި ކުރެވިދާނެއެވެ. ދެން އާޒިމަކީ އޭނާގެ ޕާޓީގެ ރައީސްގެ ބޯއިއެއްކަން އެންމެނަށްވެސް އެނގެއެވެ. ދެން ވާނެ ހައެތި އެވަނީއެވެ.
އާޒިިމުގެ ވާހަކައަށް ރަށްދުދޭނެ ގިނަދިވެހިން އެބަތިއްބެވެ. އެހެނަސް އެބައިމީހުންގެ ތަންފީޒީ ބާރެއްނެތެވެ. ދެން ޙާމިދު ފުލުުހުންގެ ބޯޑަށް ލީމާ މުޅިން އެޖެންޑާ19 އޯކޭ ކުރެވުނީއެވެ. ޑރ. އިޔާޒް އާއި ޝޭޚި އިލްޔާސްގެ ދިފާޢުގައި އަދާލަތު ޕާޓީއިން ބަޔާނެއް ނެރެ މިނުލަފާ ލާދީނީ ބައިގަޑުކައިރީ ހޯހޯ އޭ ބުނެވޭކަށް ނެތެވެ. އެހެންވީމާ ދީނީ ޕާޓީއަކީ މިއަދު ކޮންކަމެއް ކުރަން އުފެއްދި ޕާޓީއެއްކަންވެސް މިހާރުގެ ލީޑަރ ޝިޕަކަށް ނޭގެއެވެ. އެނގޭ މީހާވެސް ހުރީ މިހާރު މުޅީން އިސްލާޙުވެ ރީދޫ ހުމުގައެވެ.
އެއީ ކާކުތޯއެވެ؟ ޝޭޙު ހުސޭން ރަޝީދުއޭ ބަޔަކު ކިޔާއަޑު އެހީމެވެ.
ޑރ. އިޔާޒު ވެސް ޓުވިޓަރ އާއި ދުރުވެލަށްވާ ދުވަސްކޮޅަކަށް. ގުންޑާތަކުގެ އަތްދަށުން މަޖިލީސް ސަލާމަތް ވޭތޯ ޙިކުމަތްތެރިކަމާއި އެކު ގިނަ ޝޭޚުން ގުޅިގެން މަސައްކަތް ފަށްޓަވާށެވެ. ޚިޔާލަކީ ތަފާތު އެއްޗެއްވީމާ ދެންނެވުނީއެވެ.
އާޒިމޫ އެވެ. ކަލެއަށް އިނގޭތަ އިސްލާމް ދީންކަން ތިބުނާ އަންހެން ދަރީނަށް ޙިމާޔަތް ކޮށްދިނީ. ކަލޭމެންގެ ލާދީނިއްޔަތާއި ދީނަށް އޮންނަ ނަފުރަތު ތިދަނީ ބަންޑުންވަމުންނެވެ. ތިހެން ފުށްޕާފާ އުޅު ކިތައްމީހުންތޯ ސޯޓުބޭލި ނިމިގޮއްސާވަނީ. 2023 މާދުރަކުނޫން އެ އޮތީއަކީ. ވަހުތާނެއްހެން ކޮންމެފަހަރަކު ސްލޯގަންއެއް ހަދައިގެން ލަވަޖަހައިގެން ދިވެހިންގެ ބޯކާލައިގެން ވެރިކަމުގައި ނުތިބެވޭނެއެވެ. ދެން އިންޑިއާ މީހުން ތިވެރިކަން ސަލާމަތްކޮށްދޭނެ ކަމަށް ފުށްޕުންވެސް އެއީ މޮޔަކަމެކެވެ. އެމީހުން ކަލޭމެނަށް އަންނި އެބުނާ ގޮތަށް ވެރިކަމަށް އައުމަށް އެނހީވެދިންހެން ހަމަ މެމްދަމު ބާރައިގެ ވައިބަދަލުކޮށްލަވާނެއެވެ. ދެލޯފުޅާ މަންމަގެ ދަރިއަކަށް ވެބާލާށެވެ. ނޯ ގޯތި ނޯ ވޯޓް. ދޯ؟