ހުޅުމާލޭގައި އިތުރު 2000 ފްލެޓް އެޅުމަށް ހަވާލުކޮށްފި

65

 

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ އިތުރު 2،000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުގައި އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން  ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭނީ ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން އެޕާޓްމަންޓްތަކެވެ.

މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އިމާރާތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

 

މި މަޝްރޫއަށް ޖުމްލަ 137 މިލިއަން ޑޮލަރު ހޭދަކުރުމަށް ހަމަޖައްސާފައިވާ މި މަޝްރޫއު ކުރިއަށް ގެންދަނީ

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައެވެ.

މި ފްލެޓްތައް ނިންމުމަށް ތިން އަހަރާއި އެއްމަސް ނަގާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.

މީގެކުރިން ވެސް ކޯޕަރޭޝަނުން ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން 2،000 ހައުސިން އަޅަން ނިންމައިފަ އެވެ. ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.

މި ދައުރުގައި މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ