ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Loading

Facebook
Twitter
WhatsApp

 

 

އިންޑިއާގެ ވިސްތާރާ އެއާލައިން ދަތުރުތައް ރާއްޖެ ފަށައިފިއެވެ.

ވިސްތާރާ އެއަރލައިނުން އައި ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެގައެވެ. މުމްބާއީން އައި މި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ހޮނިހިރު އާދިއްތަ އަދި ބުދަ ދުވަހުއެވެ.

ދެކޮޅު ޓިކެޓްގެ އަގު 227 އަށް ލިބޭ މި ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެއަރލައިންގެ ވެބްސައިޓުންނާއި އޮންލައިން ޓެރެވެލް އެޖެންސީތައް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

އިންޑިއާގެ ވިސްތާރާ އެއރަލައިންއިން ރާއްޖެއަށް ދަތުރު ފަށާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުންނެވެ. މި ބަބުލްގެ ދަށުން އެގައުމުގެ ގިނަ އެއަރލައިންތަކުން މިހާރުވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް