ޑރ. އިޔާޒް ސަސްޕެންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ސަސްޕެންޑް ކޮށްފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ސީނިއާ ލެކްޗަރާ އެކެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ  މުއްދަތަކަށެވެ.

ޑރ. އިޔާޒް ސަސްޕެންޑް ކުރީ އިއްޔެ ކިޔަވައިދިނުމަށް  ހަމަޖައްސާފައިވާ ކްލާސްތައް ތައްޔާރުވަމުން ދަނިކޮށްކަމަށް އިޔާޒްއާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މި ކަމަކީ ޔުނިވާސިޓީ ހިންގުމުގައި ތިއްބެވި އެމްޑިޕީގެ އެކްޓިވިސްޓުންކުރާކަމެއް ކަމަށް ވެސް އިޔާޒް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިޔާޒް ސަސްޕެންޑް ކޮށްފައި މިވަނީ ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅު ހައްދަވާ ގިނަ ޓްވީޓްތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ.
ޑރ. އިޔާޒް ފާހަގަކުރެވިފައިވަނީ މި ސަރުކާރަށް ތާއީދު ކުރައްވާ ސަރުކާރުން ކުރަމުންގެނދާ ކަންތައްތައް ދިފާއު ކުރައްވާ ބޭފުޅެއްފެ ގޮތުގައެވެ. ނަމަވެސް ގައިދުރުކޮށް ނަމާދުކުރަން ސަރުކާރުން ނިންމި ނިންމުމާގުޅިގެން އިޔާޒް އަންނަނީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ގައިދުރުކޮށް ނަމާދުކުރަން ސަރުކާރުން ނިންމީ ކޮވިޑް-19ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް