ތިން ގެ އެއް މޯގޭޖްކޮށް އޮޅުވައިލައިގެން ލޯނެއްނެގި ކަމުގެ ތުހުމަތުކެރެވޭ ދެ މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި

މާލެސިޓީއަށް ނިސްބަތްވާ ތިން ގެ އެއް މޯގޭޖްކޮށް އޮޅުވާލައިގެން ލޯނެއްނެގި ކަމުގެ ތުހުމަތުކުރެވޭ ދެ މީހަކު ހޯދަން އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. މި މައްސަލަގައި ފުލުހުން އާންމުކޮށްފައިވަނީ މާލެ،ދަފްތަރު ނަންބަރު 6562، ހުސައިން ނަސީރު50، އާއި މާލެދަފްތަރުނަންބަރު 6630، އާމިނަތު ލަތީފާ 48، އެވެ. ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މި ދެ މީހުންނަކީ މާލެ އިން ގޯއްޗަކާއި ވިލިމާލެ އިން ދެ ގޯއްޗެއް އިމާރަތް ކޮށްދޭނެކަމަށްބުނެ އޭބޮސް ޕްރައިވެޓްގެ ނަމުގައި އޮޅުވާލައިގެން މޮރިޝިއަލް […]

ހުޅުމާލެ ކައިރީއޮތް ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ހުޅުމާލެ ކައިރީ އޮތް ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (ސީޕީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ކައިރީ އޮތް ދޯންޏަކުން  100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ޕާޓީ ޑްރަގްސްގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ މެތު ކަމަށެވެ. ސީޕީ ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ހިންގީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (އީ.އީ.ޑީ) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި […]

ކުޅުދުއްފުށީ ކަރަންޓީން ފެސިލިޓީގައި މާބަނޑު އަންހެނަކު ވިހައިފި

ހދ. ކުޅުދުއްފުށީގައި ކަރަންޓީން ފެސިލިޓީ އެއްގެ ގޮތުގައިބޭނުންކުރާ ގެސްޓް ހައުސްއެއްގައި މާބަނޑު އަންހެނަކު ވިހައިފިއެވެ. އިއްޔެގެ ވަގުތެއްގައި މި ކަރަންޓީން ފެސިލިޓީގައި ވިހާފައިވަނީ 33 އަހަރުގެ އަންހެނެއްކަމަށް ވެއެވެ. މިއަންހެންމީހާއަކީ މާލެއިން އުތުރަށްދިޔަ ފުލުހުންތަކަކާ ކޮންޓެކްޓްވެގެން ޕްޒިޓިވްވި ފުލުހެއްގެ އަންހެނުންނެވެ. މި އަންހެން މީހާގެ އާއިލާއާއި ހަވަލާދީ ކުޅުދުއްފުށި އޮންލައިންގައިވާގޮތުންފުލުހުންގެ ކްލަސްޓާއާ ގުޅިގެން އެ ދެމަފިރިން ވެސް ތިބީ ކަރަންޓީންގައި ގޭގައިކަމަށާ ކަރަންޓީން ފެސިލިޓީއަށް ބަދަލުވީ ވިއުމަށެވެ. އަދި އެދެމައިންގެ ހާލު ރަގަޅުކަމަށް ވެސް އެ އޮންލައިން […]

ޓެކްސީ ޑްރައިވަރުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޓެކްސީގެ ޚިދުމަތްދިނުމަށް އަލަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިތަމްރީން ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމަށް ތަމްރީން ދެވޭނެއެވެ. އަދި މީގެއިތުރުން އެކްސިޑެންޓްތައް މަދުކުރުމަށް ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާދީ ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދެވޭނެއެވެ. މިއަދުންފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީންޕްރޮގްރާމްގައި ޖުމްލަ 266 މީހަކު ބައިވެރިވެފައި ވާކަމަށް ފުލުހުން ހާމަކުރައްވައެވެ. […]

އައްޑޫއޮޕަރޭޝަން: އިތުރު ތިން މީހަކަށް މުއްދަތު ޖަހައިފި

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި އެވެ. ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އެރަށު ފިނިފަރު ހަސަން އާމިރު،25، އާއި ބުލޫބާރޑް،ހޫދު ލަތީފް،24، އާއި މަންދޫބްގެ ހުސައިން ސިމާހު 27، އެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހޫދު ލަތީފަކީ މި މައްސަލައާ ގުޅިގެން ބުދަ ދުވަހު ހައްޔަރުކޮށް އެދުވަހު ކޯޓަށް ހާޒިރުކުރުމުން […]

ފެންފުށިން ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އދ. އަތޮޅުގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ފުލުހުން ތުހުމަތު ކުރާ މީހަކު އެ އަތޮޅު ފެންފުށިން ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި އެމީހާ ހައްޔަރުކުރީ މި ދިޔަ ބުރާސްފަތި ދުވަހު ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު އެގޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިފެނިގެންނެވެ. އެގޮތުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކްރިސްޓަލް މެތު ކަމަށްބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ. މިތަކެތީގެ […]

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ހިމާޔާތްކޮށްފި އެވެ. އެންވަޔަރަމެންޓްން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވާ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުތައް ވަނީ ހިމާޔަތްކޮށްފަ އެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ އެއަތޮޅުގެ މާގަނޑުތިލަ (އެނިމޯން ތިލަ) ސަރައްދާއި ސެއްޅިފުށި ހިރިޔަދޫ ސަރަހައްދާއި މާކޯސަރަހައްދާއި ވައްވަރާއި ދަޑިފަޅު ފިނޮޅާއި ދަނފަޅު ކޮޑުއޮޅި ސަރަހައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދެވެ. ހިމާޔަތްކުރި ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ގުދުރަތީ ރީތި ސަރަހައްދުތަކެކެވެ. މާގަނޑުތިލަ […]

މައިންބަފައިން މަސައްކަތުމީހުންގެ ގޮތުގައި ގެންގުޅުމަކީ ހިތްދަތި މަންޒަރެއް: ޚުތުބާ

ގޭގައި ގެންގުޅޭ މަސައްކަތު މީހުންގެ ގޮތުގައި މައިންބަފައިންގެންގުޅެ އަދި އެމީހުންނަށް ލިބޭ އިނާޔަތާހެދި އާއިލާ ތެރޭގައި މަސްލަހަތު ގެއްލުމުގެ މައްސަލަތައް މުޖުތަމައުން ފެންނަ ކަމަށާއި މިފަދަ މައްސަލަތައް ފެނުމީ މުޖުތަމައުން ފެންނަ ހިތްދަތި މަންޒަރެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެެވެ. އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅައިލުމުގެ މަށްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވީ މައިންބަފައިންނަކީ ގޭގައި ގެންގުޅޭ މަސައްކަތުމީހުންގެ ގޮތުގައި ގެންގުޅޭ ދަރިން މުޖުތަމައުގައި އުޅެމުންދާ ކަމަށެވެ. “ މައިންބަފައިންގެ ގައިގައި އާރާއި ބާރު […]

ސަން ސިޔާމް ވޯލްޑް ރިސޯޓް ޑިސެމްބަރުގައި ހުޅުވަނީ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމުގެ އެންމެފަހުން ތަރައްގީކުރި ރިސޯޓް “ ސަން ސިޔާމް ވޯލްޑް“ ޑިސެމްބަރު މަހު ހުޅުވުމަށް ތައްޔާރުވާން ފަށައިފިއެވެ. ނ.އަތޮޅުގެ ދިގުރަށުގައި ތަރައްގީކުރި މި ރިސޯޓަކީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެވެ. މި ރިސޯޓްގެ ބޮޑުމިނުގައި 57 ހެކްޓަރު ހުރެއެވެ. ރަށް ވަށައިގެން 1.5 ކިލޯމީޓަރުގެ ފަރެއް އޮވެއެވެ. މިރިސޯޓް ތަރައްގީކުރި ސަންސިޔާމް ގްރޫޕްން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ރިސޯޓްގައި 600 ކޮޓަރި ހުރެއެވެ. 12 […]

މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލައިފި

އެކިއެކިމައްސަލަތަކާ ގުޅިގެން ފުލުހުންގެބެލުމުގެ ދަށަށްގެންނަ މަސްތުވާތަކެތީގެ ތެރެއިން ނައްތާލާ މަސްތުވާތަކެތި ނައްތާލުމުގައި އޮބަޒާވަރުންގެ ގޮތުގައި އާްންމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފުލުހުން ހާމަކުރެއްވިގޮތުގައި އާންމުންނަށް އޮބަޒާވަރުންގެ ގޮތުގައި ބައިވެރިކުރަނީ ފުލުހުންހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވި ހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާލުމުގައި ބައިވެރިވުމަށެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބަޒާވަރުންގެ ގޮތުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމުގެ ފުރުސަތު […]