ޓެކްސީގެ ޚިދުމަތްދިނުމަށް އަލަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިތަމްރީން ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމަށް ތަމްރީން ދެވޭނެއެވެ.

އަދި މީގެއިތުރުން އެކްސިޑެންޓްތައް މަދުކުރުމަށް ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާދީ ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދެވޭނެއެވެ.
މިއަދުންފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީންޕްރޮގްރާމްގައި ޖުމްލަ 266 މީހަކު ބައިވެރިވެފައި ވާކަމަށް ފުލުހުން ހާމަކުރައްވައެވެ.
ގްރޫޕްތަކަށް ބަހާލައިގެންކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ތަމްރީން ޕްރޮގަރާމްގެ ތެރެއިން ދެ ވަނަ ތަމްރީމް ޕްރޮގްރާމެވެ.