ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި

Loading

Facebook
Twitter
WhatsApp

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ހިމާޔާތްކޮށްފި އެވެ.

އެންވަޔަރަމެންޓްން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވާ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުތައް ވަނީ ހިމާޔަތްކޮށްފަ އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ އެއަތޮޅުގެ މާގަނޑުތިލަ (އެނިމޯން ތިލަ) ސަރައްދާއި ސެއްޅިފުށި ހިރިޔަދޫ ސަރަހައްދާއި މާކޯސަރަހައްދާއި ވައްވަރާއި ދަޑިފަޅު ފިނޮޅާއި ދަނފަޅު ކޮޑުއޮޅި ސަރަހައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދެވެ.

ހިމާޔަތްކުރި ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ގުދުރަތީ ރީތި ސަރަހައްދުތަކެކެވެ.

މާގަނޑުތިލަ (އެނިމޯން ތިލަ) ސަރައްދަކީ އަތޮޅުގެ މެދުތެރެއަށްވާ ގޮތަށް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަކީ ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ ގާ ހުންނަ ސަރަހައްދެކެވެ. މިތަނަކީ އެއްތަނަކުން މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭ ތަނެކެވެ.

ސެއްޅިފުށި ހިރިޔަދޫ ސަރަހައްދަކީ ޅ.އަތޮޅުގެ އެންމެ ބޮޑު އެއް ފަޅުރަށް އިދާރީގޮތުން ފަސް ރަށަކަށް ބަހާލާފައިވާ އިރު މިރަށުގައި އެންމެ އުތުރަށް އޮންނަ ރަށެވެ. މިރަށުގައިވާ ކުޅީގައި 19 ބާވަތެއްގެ ގަސްގަހާގެހި ހެދިފައިވެއެވެ. އެގަސްތަކުގެ ތެރޭގައި ކަހެރުވައް ގަސް ހިމެނެއެވެ. މިގަހަކީ ވަރަށް މަދުން ނޫނީ ރާއްޖެއިން ފެންނަ ގަހެއްނޫނެވެ.

މާކޯސަހައްދަކީ މާފިލާފުށީގެ އިރުން އޮންނަ ރަށެކެވެ. މިރަށުގައި ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅެއެވެ. އަދި މިސަރަހައްދުގެ ކުޅިއަކީ ގިނަ އަދަދެއްގެ ބޭންގު ވިހައި އާލާވާ ކުޅިއެކެވެ. އަދި މިދަރަހައްދުގައި ގިނަ އަދަދެއްގެ ދޫނި ވިހައި އާލާވާކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެއެވެ. އަދި މިސަރަހައްދުގައި ގިނަ އަދަދެއްގެ ކަނޑޫގަސްތައްވެސް ހުންނަކަމަށް ވެއެވެ.

ވައްވަރު ދަޑިފަޅު ފިނޮޅާއި ދަނފަޅު ކޮޑުއޮޅި ސަރަހައްދަކީ ވެސް ގިނަ އަދަދެއްގެ ދޫނީ އާލާވާ ސަރަހައްދެވެ.

އަދި މީގެ އިތުރުން ދެން ހިމާޔަތްކުރި ދަށުގިރި ފިނުޅަކީ ވޭވަށު އިރުމަށްޗަށްވާހެން އޮންނަ ވެލިގަނޑެކެވެ. މިވެލިގަނޑުންވެސް ގިނަ އަދެއްގެ ދޫނި އުޅެއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނީ މިސަރަހައްދުތައް ހިމާޔަތްކޮށްފައިވަނީ ދިވެހި ރާއްޖޭގައި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު ދަށުން ކަމަށާއި މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލުކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް