މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp

އެކިއެކިމައްސަލަތަކާ ގުޅިގެން ފުލުހުންގެބެލުމުގެ ދަށަށްގެންނަ މަސްތުވާތަކެތީގެ ތެރެއިން ނައްތާލާ މަސްތުވާތަކެތި ނައްތާލުމުގައި އޮބަޒާވަރުންގެ ގޮތުގައި އާްންމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ހާމަކުރެއްވިގޮތުގައި އާންމުންނަށް އޮބަޒާވަރުންގެ ގޮތުގައި ބައިވެރިކުރަނީ ފުލުހުންހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވި ހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާލުމުގައި ބައިވެރިވުމަށެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބަޒާވަރުންގެ ގޮތުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިހަރަކާތުގައި އާންމުން ރައްޔިތުންނަށް އޮބަޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިން ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށް ފުލުހުން ހަމާކުރެއެވެ.

މިކަމަށް ބޭނުންވާ ފަރާތްތަކުން މާދަމާ 14:00 އާ ހަމައަށް ފުރިހަމަނާއި އައިޑީކާޑު ނަންބަރާއި ގުޅޭނެ ނަންބަރުޖެހުމަށްފަހު ފުލުހުންނަށް މެއިލްކުރުމަށް ފުލުހުން އެދެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާގެ ވަގުތެއްގައި ދޫނިދޫގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

Loading

One Response

  1. އެތަކެއަންދާއިރު އަރާ ދުމުން ޢަމަލުވޭތަ؟ ހަމަ އަހާލީ. ހާދަވަރަކަށް މަސްތުވާ ތަކެތީގެ ޚަބަރު އުޅޭދުވަސްކޮޅެކައް ވެއްޖެދޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް