ހުޅުމާލެ ކައިރީއޮތް ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ކައިރީ އޮތް ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (ސީޕީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ކައިރީ އޮތް ދޯންޏަކުން  100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ޕާޓީ ޑްރަގްސްގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ މެތު ކަމަށެވެ.

ސީޕީ ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ހިންގީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (އީ.އީ.ޑީ) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އަދި މެރިން ފުލުހުން ގުޅިގެންކަމަށެވެ.

މިއޮފަރޭޝަންއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަނުކުރައްވައެވެ.

މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު މިދުވަސްކޮޅުގައި ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން މިމަހުގެ ފެށުނު ހަފްތާތެރޭ ފުލުހުން އައްޑޫސިޓީގައިހިންގި ބޮޑު އޮޕަރޭޝަނެއްގައި ވެސް ގާތްގަޑަކަށް 100 އެއްހާ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް