މާލެސިޓީއަށް ނިސްބަތްވާ ތިން ގެ އެއް މޯގޭޖްކޮށް އޮޅުވާލައިގެން ލޯނެއްނެގި ކަމުގެ ތުހުމަތުކުރެވޭ ދެ މީހަކު ހޯދަން އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
މި މައްސަލަގައި ފުލުހުން އާންމުކޮށްފައިވަނީ މާލެ،ދަފްތަރު ނަންބަރު 6562، ހުސައިން ނަސީރު50، އާއި މާލެދަފްތަރުނަންބަރު 6630، އާމިނަތު ލަތީފާ 48، އެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މި ދެ މީހުންނަކީ މާލެ އިން ގޯއްޗަކާއި ވިލިމާލެ އިން ދެ ގޯއްޗެއް އިމާރަތް ކޮށްދޭނެކަމަށްބުނެ އޭބޮސް ޕްރައިވެޓްގެ ނަމުގައި އޮޅުވާލައިގެން މޮރިޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާ ކަމަށްތުހުމަތު ކުރެވޭ ދެ މީހުންނެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ރައްދުކުރެވިފައި ނުވެއެވެ.