އދ. އަތޮޅުގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ފުލުހުން ތުހުމަތު ކުރާ މީހަކު އެ އަތޮޅު ފެންފުށިން ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި އެމީހާ ހައްޔަރުކުރީ މި ދިޔަ ބުރާސްފަތި ދުވަހު ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު އެގޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިފެނިގެންނެވެ.
އެގޮތުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކްރިސްޓަލް މެތު ކަމަށްބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 536.2 ގްރާމް ހުރިކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39 ނުވަ އަހަރުގެ މީހެއްކަމަށާއި އޭނާ އަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަސް ޝައްކުކުރެވޭ މީހެއްކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ދީފައެވެ.
މި މައްސަލަ ފެންފުށި އަދި މަހިބަދޫ ޕޮލިސްސްޓޭޝަން ގުޅިގެން ތަހުގީގުކުރަމުން ދާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
One Response
އދ.ވެސް ކުރަނީ ތިވިޔފާރިތަ! ކިހިނެއްބާ ޑަބްލިޔޫ.އެޗް.އޯ ގެ ހާލަކީ!!!