ކުޅުދުއްފުށީ ކަރަންޓީން ފެސިލިޓީގައި މާބަނޑު އަންހެނަކު ވިހައިފި

Loading

Facebook
Twitter
WhatsApp

ހދ. ކުޅުދުއްފުށީގައި ކަރަންޓީން ފެސިލިޓީ އެއްގެ ގޮތުގައިބޭނުންކުރާ ގެސްޓް ހައުސްއެއްގައި މާބަނޑު އަންހެނަކު ވިހައިފިއެވެ.

އިއްޔެގެ ވަގުތެއްގައި މި ކަރަންޓީން ފެސިލިޓީގައި ވިހާފައިވަނީ 33 އަހަރުގެ އަންހެނެއްކަމަށް ވެއެވެ. މިއަންހެންމީހާއަކީ މާލެއިން އުތުރަށްދިޔަ ފުލުހުންތަކަކާ ކޮންޓެކްޓްވެގެން ޕްޒިޓިވްވި ފުލުހެއްގެ އަންހެނުންނެވެ.

މި އަންހެން މީހާގެ އާއިލާއާއި ހަވަލާދީ ކުޅުދުއްފުށި އޮންލައިންގައިވާގޮތުންފުލުހުންގެ ކްލަސްޓާއާ ގުޅިގެން އެ ދެމަފިރިން ވެސް ތިބީ ކަރަންޓީންގައި ގޭގައިކަމަށާ ކަރަންޓީން ފެސިލިޓީއަށް ބަދަލުވީ ވިއުމަށެވެ. އަދި އެދެމައިންގެ ހާލު ރަގަޅުކަމަށް ވެސް އެ އޮންލައިން ހާމަކުރެއެވެ.

މި އަންހެންމީހާ ވިއެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)ގެ ލޭބަރ ރޫމްގައިހުރި ތަކެއްޗާއި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ގެސްޓްހައުސްއަށް ގޮސްކަމަށްވެއެވެ.

ކަރަންޓީން ފެސިލިޓީއެއްގޮތަށް ބޭނުންކުރާ މި ގެސްޓްހައުސް މިހާރު ބޮޑަށް ބޭނުންކުރަނީ ކޮވިޑް-19އާ ގުޅިގެން ޚާއްސަ ހާލަތްތަކުގައި ބޭނުންކުރާ އިމާރާތެއްގެ ގޮތުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް