މައިންބަފައިން މަސައްކަތުމީހުންގެ ގޮތުގައި ގެންގުޅުމަކީ ހިތްދަތި މަންޒަރެއް: ޚުތުބާ

Loading

Facebook
Twitter
WhatsApp

ގޭގައި ގެންގުޅޭ މަސައްކަތު މީހުންގެ ގޮތުގައި މައިންބަފައިންގެންގުޅެ އަދި އެމީހުންނަށް ލިބޭ އިނާޔަތާހެދި އާއިލާ ތެރޭގައި މަސްލަހަތު ގެއްލުމުގެ މައްސަލަތައް މުޖުތަމައުން ފެންނަ ކަމަށާއި މިފަދަ މައްސަލަތައް ފެނުމީ މުޖުތަމައުން ފެންނަ ހިތްދަތި މަންޒަރެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅައިލުމުގެ މަށްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވީ މައިންބަފައިންނަކީ ގޭގައި ގެންގުޅޭ މަސައްކަތުމީހުންގެ ގޮތުގައި ގެންގުޅޭ ދަރިން މުޖުތަމައުގައި އުޅެމުންދާ ކަމަށެވެ.

“ މައިންބަފައިންގެ ގައިގައި އާރާއި ބާރު ހުންނައިރު މާމަކާފަ ކުދިންބަލާ، ނުވަތަ ގޭގައި މަސައްކަތު މީހުންގެ ގޮތުގައި އެލޮބުވެތި މައިންބަފައިން އުޅެންޖެހޭކަމީ މަދުންނަމަވެސް މުޖުތަމައުންފެންނަ ހިތްދަތި މަންޒަރެއް. އެފަދަ މައިންބަފައިން ދުވާލުދާ ހަތަރުދަމު ހިންދެމިލާނެ ވަގުތެއްނެތި 24 ގަޑިއިރުހެން އުޅެންޖެހީ މާމަ ނުވަތަ ކާފަ ދަރިންބެލުމަށާއި ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި. ހަމަޖެހިލައިގެން ގައިންތާހިރުވެލާނެ ވަގުތެއް ނުވަތަ ހަމަޖެހިލައިގެން ނަމާދުކޮށް ގުރުއާން އަކުރެއް ކިޔާލާނެވަގުތެއް ނެތި.“ ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ އުމުރުންދުވަސްވީ މީހުންނަށް ސަރުކާރުންދޭ އިނާޔަތުގެ ފައިސާ ވެސް އެމީހުންނަށް ނޭނގިބޭނުންކުރުމަކީ ވެސް މުޖްތަމައުން ފެންނަ ކަމެއްކަމަށެވެ.

“ އުމުރުންދުވަސްވީ މީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެގޮތުގައި ވެސް ބައެއް ފަރާތްތަކުންދެކި، މާލީ އިނާޔަތާހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލިއުމުރުން ދުވަސްވީމީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭ“ މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައިވަނީ އުމުރުން ދުވަސްވީ މީހުންނަށް އިހާނެތެރިކޮށްހިތާ އެފަދަ މީހުން ބަލަހައްޓާތަންތަށް ފޮނުވަމުންދާކަންވެސް ފާހަގަކުރައްވާ އުމުރުންދުވަސްވީ މީހުންނަކީ އެމީހުންގެ އާރާއި ބާރު ހުރިއިރުދަރިންނަށްޓަކައި ގުރުބާންވި މީހުންކަން ހަނދާންކޮށްދީ އެފަދަ މީހުންނަށް އޯގާތެރިކާއި އެކު އަޅާލައި ބެލެހެއްޓުމަށް ގޮވާލާފައެވެ.

އެގޮތުން އުމުރުންދުވަސްވީ ރަށްްވެހީން ނަގީ ގައުމަށާއި ދަރިންނަށް އަދި އާއިލާއަށް ބޮޑެތި ގުރުބާނީތަކެއްވެދިން ފަރާތްތަކެއްކަން ފާހަގަކޮށް މިއަދުގެ ޚުތުބާގައިވަނީ އެފަދަ ފަރާތްތައް ބެލެހެއްޓުމީ ސަރުކާރާއި އެމީހުންގެ އާއިލާތަކާއި އާންމުންގެ ޒިންމާއެއްކަން ހަނދާންކޮށްދީ އެއީ ދީނީގޮތުން ކިހާ މުހިންމުކަމެއްކަން ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކުގެ އަލީގައި ނަސޭހަތްތެރިވެފައެވެ.

“ މާތްﷲ ވަހީކުރެއްވިއެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެ ދެ މީހުން ތިބާގެ ގާތުގައި ތިބެ މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ އެ ދެމީހުންނަށް އުއްޕުވެސް ނުބުނާށެވެ. އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިއަސް ނުބުނާށެވެ. އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ.އަދި މާތްބަހަކުން އެ ދެ މީހުންނަށް ބަސްބުނާށެވެ.“ޚުތުބާގައި ވިދާޅުވިއެވެ.

“ ބޮޑެތި މީހުންނަށް އިހުތިރާމްނުކުރާ ކުޑަކުދީންނަށް އޯގާތެރިނުވާ ހެޔޮ ކަންތައްތަކަށް އަމުރުނުކޮށް މުންކަރާތްތައް ނަހީ ނުކުރާ މީހަކީ އަހަރެމެންގެ ތެރޭގައި ހިމެނޭމީހެއްނޫނެވެ.“ ރަސޫލާގެ ހަދީސެއް އިއްވަވަމުން ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައިވަނީ އުމުރުންދުވަސްވީ މީހުންނަށް ސިއްޚީ ގޮތުންނާއި ނަފްސާނީ ގޮތން ރަގަޅު ވެއްޓެއް ގާއިމްކުރަށް ސަރުކާރަށާއި އާންމުންށް ގޮވާލާ ނަސޭހަތްތެރިވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް