ނަޝީދުގެ ވާހަކަ ބަދަލުވެއްޖެ: “ރައީސް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް“

ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް އެމަނިކުފާނަށާއި އެމްޑީޕީއަށް ނުހަނު މަރުހަބާ ދަންނަވާ ކަމަށެވެ. ނަޝީދު މިފަދައިން ތައުރީފު ކުރެއްވިއިރު ކުރިން ވިދާޅުވީ ރައީސް ޞާލިޙް ރަށްރަށަށް ވަޑައިގެން […]

އިންތިޚާބާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ.  “ އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި“ ރިޔާސީ އިންތިޚާބުގެ ފުރަތަމަ […]

“ވެރިޔަކު އިންތިޚާބުކުރުން ސިޔާސީ ކަމަކަށް ނުހަދާ, މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނޭ“

ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށާއި މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ. ޑރ.ޒާހިރު މިހެން ވިދާޅުވީ މިއަދު މެންދުރު ކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ އެދިވަޑައިގެންފައިވަނީ ގައުމަށް ވެރިއަކު އިންތިޚާބު ކުރުމަށް ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށެވެ. މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. “ބޮޑު ތަފާތަކުން ދީނީ ގިނަ އިލްމުވެރިން ވަކި އަތަކަށް ބުރަވެފަ [ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް […]

މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން ބުނީ “ދިވެހިންގެ ރާއްޖެ“ ނަމުގައި ބާއްވާ މި ހިނގާލުން ފަށާނީ ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ. މާލޭގައި މި ހިނގާލުން ކުރިއަށްދާއިރު މިއަދު ހަވީރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ސައިކަލު ބުރު ކުރިއަށް ގެންދަން ވެސް ނިންމައިފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް […]

އަޅުގަނޑަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނަން: މުޢިއްޒު

ރިޔާަސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން އޭނާއަށް އިތުބާރުކުރައްވާ  ވެރިކަމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވަނީ މި ގައުމުގެ މިނިވަންކަން އޮތް ހިސާބުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު މި ގައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަދި ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ވެސް މިއަދަކު […]

ދުވަހަކު ވެސް މީހަކަށް އަނިޔާއެއް, ދެރައެއް ދީފައެއް, މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ: މުޢިއްޒު

ދުވަހަކު ވެސް އެއްވެސް މީހަކަށް އަނިޔާއެއް ދީފައެއް, އެއްވެސް މީހަކަށް ދެރައެއް ދީފައެއް, އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް މިރޭ ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒުގެ ބައްޕާފުޅު އަވަހާރަވިއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ ލަންކާގެ ރައްޔިތެއްކަމަށްވާ ޖީ ސްކީލާން އާއެވެ. އަދަދު ނޫހުން މިއަދު ވަނީ ސްކީލާން އާ ބެހޭ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ބައްޕާފުޅު އަވަހާރަވުމުން ޑރ.މުޢިއްޒު ސްކީލާން އާމެދު އަމަލުކުރެއްވީ ވަރަށް އިހާނެތިކޮށެވެ. އެގޮތުން […]

މި ސަރުކާރުން ރާވަމުންދަނީ ކުޑަކުދިންގެ ހިތްތަކުން ގައުމިއްޔަތު ފޮހެލުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ މިއަދު މި ފެންނަނީ ތުއްތު ކުދިންގެ ހިތްތަކުގެ ތެރޭގައި ދިވެހި ބަހަށް ދޭ އިސްކަން ކުޑަކުރުމަށްޓަކައި ސިސްޓަމެޓިކަލީ ކަންކަން ރޭވެމުން ދާތަން ކަމަށާއި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން މަސައްކަތްކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ. “އެއީ ކުޑަކުދިންގެ ހިތްތަކުން ޤައުމިއްޔަތު ފޮހެލުމަށް ހިންގޭ ބޮޑު މަސައްކަތެއް. ނަމަވެސް އަޅުގަނޑު މި ހުށަހަޅަނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނާއި ގައުމާއި ދިވެހި ބަހާއި ތާރީޚާއި ސަގާފަތާއި […]

“ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެ މީހަކަށް ފިޔަވަޅު އަޅާނީ އަޅުގަނޑު“

އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެ މީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.  “އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެއްޔާ އަޅުގަނޑު އިސްވެ އެމީހަކަށް ފިޔަވަޅު އަޅާނަން“ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު […]

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހައިލަމްގެ ތާއީދު މުޢިއްޒަށް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިލަމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި, ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް; އިސްލާމްދީނަށް މި ގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަ ކުރުންތައް ހުއްޓުވަން ޖެހިފައިވާ ކަމަށެވެ. އަދި ދީނީ ވަހުދަތު ގާއިމުކޮށް, އިގުތިސާދީ […]

އަލަށް ވޯޓުލެވޭ 408 މީހުންނާއެކު ދެވަނަ ބުރުގެ ވޯޓާސް ލިސްޓް އާންމުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. ލިސްޓުގައިވާ ގޮތުން ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282,803 އެވެ. އޭގެތެރޭގައި ހިމެނެނީ 144,410 ފިރިހެނުންނާއި 138,394 އަންހެނުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންނަށްވުރެ އިތުރު 408 މީހުންނަށް ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. މި ލިސްޓަކީ ޝަކުވާއަށް ހުޅުވާލުމަށްފަހު ނެރުނު ދާއިމީ […]