ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރާނަން: ޑރ.މުޢިއްޒު

އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާއާއި އެހީތެރިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ މި އަސާސީ ހައްގު ކަށަވަރު ކޮށްދެވޭނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށް އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާއާއި […]

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން  މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފާަސްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މައުލޫމާތު ލިބޭ ގޮތުމް ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މިހާތަނަށް 45 މެންބަރުން ވަނީ […]

އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ތައްޔާރަށް: އިންތިޚާބީ ރައީސް

އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވަގުތަށް ދެއްވި ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު އިންޑިއާ ސަފީރު މުނޫ މަހާވަރު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށާއި އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ތައްޔާރަށް ކަމަށެވެ. މުޢިއްޒު ވިދާޅުވީ މިނިވަންކަން ޔަގީންވެގެން ދިއުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށް ދެންނެވި ކަމަށާއި އެކަމުގައި އެއްވެސް ސުވާލެއް ނެތްކަމަށް ސަފީރު […]

ނޫސްވެރިޔާ އަޒާން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ނޫސްވެރިޔާ އަޙްމަދު އަޒާން ނިންމަވައިފިއެވެ. އަޒާން މިކަން ހާމަކުރެއްވީ މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަޒާން ވިދާޅުވީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 2024 ވަނަ އަހަރު އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށް ގަބޫލު ކުރެވޭތީ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް/ޕީއެންސީ […]

ޓީޗަރުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން ބެލެންސްވާ ގޮތަށް ސިޔާސަތު ބަދަލުކުރާނަންެ: މުޢިއްޒު

މުދައްރިސުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާ ކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  މުދައްރިސުންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބެއްގައި މުޢިއްޒު ވިދާޅުވީ  ކާމިޔާބީގެ އައްސޭރިއަށް ގައުމަށް ވާސިލުވެވޭނީ ހަރުދަނާ އަޚުލާގާއި ތަނަވަސް އިލްމާއި ކުޅަދާނަ ހުނަރުވެރިކަމުގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. މުޢިއްޒުގެ ޚިޠާބުގައި ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މައިގަނޑު ދެކަމެއް ފާހަގަކުރެއްވިއެވެ. އެެއް ކަމަކީ މުދައްރިސުންގެ އަދަދު މަދުވުމެވެ. ދެވަނަ […]

އިންތިގާލީ ސްޕޯކްސްޕާރސަންގެ މަގާމަށް ފިރުޒުލް އައްޔަން ކުރައްވައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސްޕޯކްސްޕާރސަންގެ މަގާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަން ކުރައްވައިފިއެވެ. އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެ މަގާމަށް ފިރުޒުލް އައްޔަން ކުރެއްވިކަން ހާމަކޮށްފައިވަނީ ޕީޕީއެމްއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އުމުރުން 29 ފިރުޒުލްއަކީ މުހިންމު ބައެއް ރަސްމިއްޔާތުތައް ހުށަހަޅުއްވައިދެއްވާފައިވާ ބޭފުޅެކެވެ. ދ.ކުޑަހުވަދުއަށް އުފަން ފިރުޒުލްއަކީ ޤުރުއާން ހިތުދަސް ބޭފުޅެކެވެ.  މިދިޔަ ޖުލައިމަހާ […]

އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކަށް އިނގިރޭސި ސަފީރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ އާ ބައްދަލު ކުރައްވައިފިއެވެ.  މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއޒު ހޯއްދެވި ކާމިޔާބީއަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއި ރައްޔިތުންނާއި އެކަމަނާގެ އަމިއްލަ ނަންފުޅުގައި މުޢިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި ލިބިވަޑައިގަތް ކާމިޔާބަށްފަހު އިންތިޚާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ […]

މަހްލޫފް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ހުސްވާ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން  ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ހާމަކުރައްވައިފިއެވެ. މަހްލޫފް މިއަދު އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޢިއްޒު  އަންނަ ނޮވެމްބަރުމަހުގެ 17 ދުވަހު ހުވާ ކުރެއްވުމާއެކު ހުސްވާ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. “ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.“ މި ބައި އިލެކްޝަންގައި ވާދަކުރައްވާނެކަމަށް މަހްލޫފް ފިޔަވައި […]

ޔާމީން މިނިވަންކުރަން ގޮވާލައި އެއްވުންތައް ނުބޭވުމަށް 

އިންތިޚާބީ ރައީސް އެދިވަޑައިގެންފި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށާއި ޔާމީން މިނިވަންކުރަން ގޮވާލައި މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވައި ހިނގާލުންތައް ނުބޭއްވުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ އެދިވަޑައިގެންފިއެވެ. ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ  އޭނާ ވެރިކަމަށް އިންތިޚާބު ކުރައްވައިފިނަމަ ނޫސްވެރިންނާއި ބައްދަލުވާ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައްވާނެ ކަމަށް ދެންނެވިން ކަމަށާއި […]

މަޖިލީހުގެ ރައީސް ނަޝީދު އިންތިޚާބީ ރައީސް ޑރ.މުޢިއްޒާ  ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިއީ މަޖިލީހުގެ ރައީސް ނަޝީދުގެ ދައުވަތަކަށް އިންތިޒާމު ކުރެވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިންތިޚާބީ ނައިބު ރައީސް ޙުސައިިން މުޙައްމަދު ލަޠީފް (ސެމްބެ) އާއި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުޢިއްޒު ވިދާޅުވީ ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު […]