އިންތިގާލީ ސްޕޯކްސްޕާރސަންގެ މަގާމަށް ފިރުޒުލް އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސްޕޯކްސްޕާރސަންގެ މަގާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަން ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެ މަގާމަށް ފިރުޒުލް އައްޔަން ކުރެއްވިކަން ހާމަކޮށްފައިވަނީ ޕީޕީއެމްއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އުމުރުން 29 ފިރުޒުލްއަކީ މުހިންމު ބައެއް ރަސްމިއްޔާތުތައް ހުށަހަޅުއްވައިދެއްވާފައިވާ ބޭފުޅެކެވެ.

ދ.ކުޑަހުވަދުއަށް އުފަން ފިރުޒުލްއަކީ ޤުރުއާން ހިތުދަސް ބޭފުޅެކެވެ. 

މިދިޔަ ޖުލައިމަހާ ހަމައަށް ފިރުޒުލް ހުންނެވީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލްގެ މަގާމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް