ބުރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ފުލުހުން މެސެޖެއް ފޮނުވަނީ

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބުރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ބުރިޖުގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މެސެޖު ފޮނުވާނީ އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނު ނަންބަރަށެވެ.

ފުލުހުން ބުނީ އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނަނީ ބުރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

0 Responses

  1. މިތިބަ ގަބުޅިންނޭ ކޮން މެސެޖެއް ފޮނުވާކަށް….ކޮން ފިރުމުމެއް ފިރުމާކަށް ވަގުތުން ފިޔަވަޅު އަޅަންވީ..އިޢުލާން ކުރަންވީ މާދަމާއިން ފެށިގެން އެފަދަ މީހުންނަށް ފިޔަވަޅު އަޅާނަމޭ …..ނިމުނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް