ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރާނަން: ޑރ.މުޢިއްޒު

Loading

Facebook
Twitter
WhatsApp

އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާއާއި އެހީތެރިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ މި އަސާސީ ހައްގު ކަށަވަރު ކޮށްދެވޭނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށް އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށެވެ. 

“އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަން ކުރާނަމެވެ.“

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލައަކީ ރާއްޖޭގައި މިހާރު ވަރަށް ބޮޑު މައްސަލައަކަށްވެފައިވާކަން ފާހަގަކުރައްވައި އެކަމަށް ޚާއްސަ ބައިނަލްއަގުވާމީ ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމަށް އިންތިޚާބުގެ ކެމްޕޭނުގައި މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް