އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނާންގަން: މުޢިއްޒު

Loading

Facebook
Twitter
WhatsApp

އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައިނުވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.މުޢިއްޒު މިހެން ވިދާޅުވީ 

ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާ ކަމާއި އެކަން ކުރަނީ އޭނާ އަންގަވައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

މުޢިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނޫނީ މަޑުޖައްސާލަން ނުދަންނަވާ ކަމަށެވެ.

“އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް ބޭފުޅަކު ވެސް އެކަހަލަ އެންގުމެއް ނާންގާނެ. ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުން ދާކަމާއި އެކަން ކުރަނީ އަޅުގަނޑު އަންގައިގެން ކަމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކާ ގުޅިގެން ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަންނަވާލަން.“

އެއްވެސް ރަށެއްގައި ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ވާހަކައާއި ފެށިފައި ހުއްޓިފައި ހުރި މަޝްރޫއެއް ވެއްޖެއްޔާ އަލުން ފައްޓައިގެން ކުރިއަށް ގެންދާނެ ވާހަކައާއި ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ހިނގާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދޭނެ ވާހަކަ ޑރ.މުޢިއްޒު ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

“ހިނގަ ހިނގާ ހުންނަ މަޝްރޫއުތައް އަޅުގަނޑު ހުއްޓާލާނެ ކަމަށް ތަކުރާރުކޮށް ކިޔާތީ އަދިވެސް ދަންނަވަން ހިނގަހިނގާ ހުރި، ފަށާފައި ހުރި، ހުއްޓިފައިވާ، ސޮއިކޮށް ނުފެށި ހުރި، އެ މަޝްރޫއުއެއް އަޅުގަނޑު އެއަށްވުރެ ބާރު ސްޕީޑުގައި އެކަންކަން ކޮށް ނިންމާނަން.“ ކެމްޕޭންތެރޭގައި މުޢިއްޒު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މުޢިއްޒު ވަނީ ރާއްޖެ ތަރައްގީ ކުރާނެ މުޅި މާސްޓާރ ޕްލޭނާއި އޭގެ ތެރެއިން އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދާނެ ކަންކަން ވެސް ހާމަކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް