މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނެގި މައްސަލައެއް ބަލަނީ

Loading

Facebook
Twitter
WhatsApp

މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނެގި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ޚަބަރެއްގައި ބުނެފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ށ.ފޭދޫ / ފުރެސްހާޓް، ޙުސައިން އިޔާޒް އަޙްމަދު މުދާ ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް މަކަރާއި ހީލަތުން އޮޅުވާލައިގެން އޭނާ ފައިސާ ހޯދީ ކޮން ގޮތަކުން ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ވަނީ ޙުސައިން އިޔާޒް މަކަރާއި ހީލަތުން އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތެއް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ އިޔާޒް ފޭދޫގައި އުޅެމުންދާ ކަމަށާއި އަދި އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް