ޓީޗަރުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން ބެލެންސްވާ ގޮތަށް ސިޔާސަތު ބަދަލުކުރާނަންެ: މުޢިއްޒު

Loading

Facebook
Twitter
WhatsApp

މުދައްރިސުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާ ކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މުދައްރިސުންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބެއްގައި މުޢިއްޒު ވިދާޅުވީ  ކާމިޔާބީގެ އައްސޭރިއަށް ގައުމަށް ވާސިލުވެވޭނީ ހަރުދަނާ އަޚުލާގާއި ތަނަވަސް އިލްމާއި ކުޅަދާނަ ހުނަރުވެރިކަމުގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ.

މުޢިއްޒުގެ ޚިޠާބުގައި ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މައިގަނޑު ދެކަމެއް ފާހަގަކުރެއްވިއެވެ. އެެއް ކަމަކީ މުދައްރިސުންގެ އަދަދު މަދުވުމެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ.

މުޢިއްޒު ވިދާޅުވީ 21 ގަރުނުގެ ދަރިވަރެއްގައި ހުންނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމާއި ގާބިލުކަމާއި އުޅުންތެރި ކަމާއި އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތައް އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށެވެ. އަދި ކަމާގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާ ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

“މީގެއިތުރަށް މުދައްރިސުންގެ ދުޅަހެޔޮކަމަށް ޚާއްސަ އިސްކަމެއްދީ މުދައްރިސުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާ ކުރާނަމެވެ. އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަން ކުރާނަމެވެ.“ މުޢިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފް މަތިވެރިކޮށްދެއްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް