މަހްލޫފް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

Loading

Facebook
Twitter
WhatsApp

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ހުސްވާ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން  ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ހާމަކުރައްވައިފިއެވެ.

މަހްލޫފް މިއަދު އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޢިއްޒު 

އަންނަ ނޮވެމްބަރުމަހުގެ 17 ދުވަހު ހުވާ ކުރެއްވުމާއެކު ހުސްވާ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

“ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.“

މި ބައި އިލެކްޝަންގައި ވާދަކުރައްވާނެކަމަށް މަހްލޫފް ފިޔަވައި އިތުރު ބޭފުޅަކު އަދި ހާމަކުރައްވައިފައެއް ނުވެއެވެ.

ސިޓީ ކައުންސިލު ނުވަތަ ރަށު ކައުންސިލުގެ ދައުރު ހަމަނުވަނީސް މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ 14 ދުވަސް ތެރޭގައި އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެއެވެ. އަދި އެލްޖީއޭއިން އަންގާ ތާރީޚުން ފެށިގެން ލަސްވެގެން 60 ދުވަސްތެރޭ ބައިއިލެކްޝަން ބާއްވަންޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް