ޔާމީން މިނިވަންކުރަން ގޮވާލައި އެއްވުންތައް ނުބޭވުމަށް 

Loading

Facebook
Twitter
WhatsApp

އިންތިޚާބީ ރައީސް އެދިވަޑައިގެންފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށާއި

ޔާމީން މިނިވަންކުރަން ގޮވާލައި މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވައި ހިނގާލުންތައް ނުބޭއްވުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ އެދިވަޑައިގެންފިއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ 

އޭނާ ވެރިކަމަށް އިންތިޚާބު ކުރައްވައިފިނަމަ ނޫސްވެރިންނާއި ބައްދަލުވާ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައްވާނެ ކަމަށް ދެންނެވިން ކަމަށާއި އެ ގޮތަށް އެކަން ކުރެއްވިން ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކުރި ކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

މުޢިއްޒު ވިދާޅުވީ 17 ނޮވެމްބަރާއި ހަމައަށްދާއިރު މިހާރު ދާ ޕްރޮސެސްގެ ތެރެއިން ރައީސް ޔާމީން މިނިވަން ނުވާނަމަ ނުވެ އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށާއި އެދުވަހުން ފެށިގެން އެ ނުފޫޒުތައް ފޯރުން ހުއްޓި ރައީސް ޔާމީން މިނިވަންވެގެންދާނެ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވާ ހިނގާލުންތައް ނުބޭއްވުމަށް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

މުޢިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުމެއް ލިބޭނީ އޭރުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް