މީހުން ޓްރެފިކްކުރުމުގެ ކުށުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މީހުން ޓްރެފިކްކުރަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ ހައްޔަރުކޮށްފައިވަނީ ހެންވޭރު ސަލީމް ގެސްޓުހައުސްގައި އުޅެމުންދާ އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ކިޔާ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ މީހުން ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. މިއީ ގިނަ ބަޔަކު ޝާމިލްވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތުން ހިންގަމުންދާ ކުށެއްކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. “ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާނެ ކަމަށް ބެލެވޭ.“ […]
“މުޒާހަރާތަކުގައި އަނިޔާކުރަނީ ނުހައްގުން ކުރިއެރުން ދީފައި ތިބޭ ފުލުހުން“

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރާ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާކުރަނީ ނުހައްގުން ކުރިއެރުން ދީފައި ތިއްބަވާ ފުލުސް އޮފިސަރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަޙްމަދު ޝަކީލު ރައީސް ޔާމީންގެ މައްޗަށް އިއްވެވި 11 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ފުލުހުން އަންނަނީ […]
ޖަކަރޓާއިން ގެއްލުނު ފްލައިޓްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް މޫދުން ފެނިއްޖެ.

މޫދުން ފްލައިޓެއްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް ފެނިފައިވަނީ އިންޑޮނޭޝިޔާގެ ޖަކަރޓާއިން މަދުވެގެން 62 މީހުންނާއިއެކު ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ފުރި ސްރީވިޖަޔާ އެއަރ ބޮއެއިންގ 500-737، ފުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެއަރ ކޮންޓްރޯލްއާއި ގުޅުން ކެނޑިގެންގޮސްފައި ވަނިކޮށެވެ. ދަ ފްލައިޓްރާޑަރ24 ޓްރެކިންގ ސަރވިސްއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާގޮތުން އެސްޖޭ128 މަރުކާގެ ފްލައިޓް ވަނީ ޖަކަރޓާއިން ފުރިތާ 4ވަރަކަށް މިނެޓް ފަހުން އެންމެ މިނެޓެއް ތެރޭގައި ފްލައިޓް އުދުހެމުން ދިޔަ އުސްމިނުން 10,000 […]
އަފްޣާން ޔުނިވަރސިޓީގެ އެންޓްރީ ޓެސްޓުން އެންމެ މަތިން ފާސްވި ދަރިވަރު ތުރުކީއަށް ފުރައިފި

އަފްޣާނިސްތާންގެ ޤައުމީ ޔުނިވަރސިޓީގެ އެންޓްރެންސް އެގްޒަމިނޭޝަނުން އެއްވަނަ ހޯދީ އަފްޣާނަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެކެވެ. މި ދަރިވަރު ވަނީ މިދިޔަ ހުކުރު ދުވަހު، މެޑިކަލް ސްޓަޑީޒް ކިޔެވުން ފެށުމަށް އިސްޓާންބުލް އަށް ފުރާފައެވެ. ކޯލް މައިންރެއްގެ އަންހެން ދަރި، ޝަމްސިއްޔާ އަލީޒާދާއަށް ވަނީ އޭނާއަށް އެންމެ މަޤުބޫލު އެންމެ ކިޔަވާ ހިތްވާ މާއްދާއަކުން ކުރިޔަށް ދިއުމަށް އިސްޓާންބުލްގައި ހުންން ސެރަޕަސާ މެޑިކަލް ފެކަލްޓީއިން ސްކޮލަރޝިޕް ދީފައެވެ. މީގެ އިތުރުން އޭނާއަށް ވަނީ ޕްރެޒިޑެންސީ ފޮރ ޓަރކްސް […]
މެލޭޝިޔާގައި މޫސުމީ ފެންބޮޑުވުންތަކާއި ކުރިމަތިވެ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

އެއްބަޔަކު ހައިމާކެއްގައި ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާއިރު އަނެއްބަޔަކު ވަނީ ފަތާފައި ސަލާމަތްތެެރި ސަރަހައްދުތަކަށް ގޮސްފައެވެ. މި ހާދިސާތަކުގައި އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި މަންޒިލްތަކަށް ދިއުމަށް މަޖުބޫރުވި މީހުންގެ އަދަދު 28,000 އަށް ވުރެ މަތި ވެފައި ވީއިރުމިހާތަނަށް މަދުވެގެން 4 މީހަކު ވަނީ މަރުވެފައެވެ. ވިއްސާރަ މޫސުމުގައި އާއްމުކޮށް ކޮންމެ އަހަރަކުވެސް މި ޤައުމުގެ އިރުމަތީ އައްސޭރީގައި ފެންބޮޑުވެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ބައެއް ސަރަހައްދު ތަކުގެ މީހުން ބުނާ ގޮތުގައި […]
ޑޮނަލްޑް ޓްރަމްޕު، ވަކި މުއްދަތެއް ނެތް ގޮތަށް ފޭސްބުކްއިން ބޭން ކޮށްފައިވާ ކަމަށް ސީ އީ އޯ މާރކް ޒަކަބާގް ވިދާޅުވެއްޖެ.

ފޭސްބުކްގެ ޗީފް އެގްޒެކިއުޓިވް މާރކް ޒަކަބާގް ބުރާސްފަތި ދުވަހު ހާމަ ކުރެއްވި ގޮތުގައި ޑޮނަލްޑް ޓްރަމްޕު ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ބޭން ކޮށްފައެވެ. މިހެންކަމުން ޓްރަމްޕު، ހަތިޔާރެއް ގޮތުގައި އިންޓަރނެޓް ބޭނުންކޮށްގެން އެމެރިކާގެ ކެޕިޓޮލްގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ސަބަބުން ސިލިކޮން ވެލީއާއި ދަ ވައިޓް ހައުސް އާއި ދެމެދު އޮތް ހަމަނުޖެހުންތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ”އަހަރެމެންނަށް ޤަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް އަހަރެމެންގެ ޚިދުމަތްތައް ބޭނުންކުރަމުން ދިއުމުގެ ފުރުސަތު މި […]
އެމެރިކާގެ އައު ރައީސް ބައިޑެންގެ ސަރުކާރު – މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވާނީ ކިހިނެއް؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އިންތިޚާބު ކާމިޔާބު ކުރިއިރު އެމީހުންގެ އެތަކެއް ރިޔާސީ ވައުދުތަކަކާއި ވަނީ ޚިލާފުވެފައެވެ. ސަބަބަކީ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރުމަށް ހޭދަކުރި ވަގުތަށް ވުރެ އިންޑިއާއާއި، އެމެރިކާ އަދި ސަޢުދި ޢަރަބިއްޔާ ރުހޭ ގޮތަށް ކަން ކުރުމަށް ހޭދަވި ވަގުތު ގިނަވުމެވެ. މި ތިން ޤައުމަކީވެސް ކުދި އާބާދީ ތަކަށާއި ސިޔާސީ ގޮތުން އިދިކޮޅު ނުވަތަ ޚިޔާލު ތަފާތު ފަރާތްތަކާއި ދޭތެރޭ އިންސާނީ ޙައްޤުތަކާއި ޚިލާފުވާ ގޮތްގޮތަށް ކަންކަން ކުރުމުގެ ރިކޯޑު އޮތް ތިން […]
ވިކިލީކްސްގެ ފައުންޑަރ އަސާންޖް އެމެރިކާއާއި ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމައިފި

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖްގެ މައްޗަށް ޝަރީޢަތް ހިންގުމަށް ދޫކޮށްދިނުމަށް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ, އިނގިރޭސި ވިލާތުގެ ފަނޑިޔާރަކު އެމެރިކާއިން އެދިފައިވާ އެދުމަށް ދެކޮޅުހައްދަވައިފިއެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އަސާންޖުގެ ނަފްސާނީ ހާލަތު އެކަމަށް ތަންނުދެއެވެ. އަސާންޖު އެމެރިކާއާއި ހަވާލު ނުކުރެވޭނެ ސަބަބު ވިދާޅުވަމުން ފަނޑިޔާރު ވެނެއްސާ ބަރައިޓްސަރ ވިދާޅުވީ އަސާންޖް އެމެރިކާއާ ހަވާލުކޮށްފި ނަމަ އޭނާ އަމިއްލައަށް މަރުވުމުގެ ބިރު އެބައޮތެވެ. ”އެކަނިމާއެކަނި އެތައް ދުވަހު ހައްޔަރު ކޮށްފައި ހުންނަންޖެހިފައިވާތީ… އެމެރިކާގެ ކަމާއިބެހޭ […]
މެލޭޝިއާގެ އެއްގަމު މަސް ވިއްކާ ތަނަކުން އޮޅުވާލައިގެން,ހަލާލު ނޫން މަސް 40 އަހަރުވަންދެން ވިއްކައިފި

ނިއުސް ސްޓަރައިޓު ޓައިމްސް (އެން.އެސް.ޓީ) އާއި ހަވާލާދީ ޚަބަރު ފަތުރާފައިވާ ގޮތުގައި އެއްގަމު މަސްވިއްކާ އެ ފިހާރައިގެ ”ބިޒްނަސް މޮޑެލް“ ބިނާވެފައިވަނީ ބްރެޒީލް, ބޮލީވިއާ, ކެނެޑާ, ކޮލަމްބިއާ, ސްޕެއިން, މެކްސިކޯ ފަދަ ގައުމުތަކުން ހަލާލް ސެޓްފިކެޓު ނޯންނަ މަސް އެތެރެކޮށް, ހަލާލް ތައްގަނޑު ޖަހައި އަލުން ޕެކްކޮށްގެން, މެލޭޝިއާގެ އެކިކަންކޮޅުތަކުގައި ހުރި ފިހާރަތަކަށް ފޮނުވުމެވެ. މި ފިހާރައިންވަނީ އަހުގެ މަހާއި ކެންގަރޫ މަހުގެ އިތުރުން ވަރަށް ފެންވަރުދަށް ޖަރާސީމު ހުރި މަސްވެސް އެތެރެކޮށްފައެވެ. ދެން މި މަހުގެ […]
ގާޒާގެ ގްރޫޕުތައް ގުޅިގެން ބޭއްވި ފުރަތަމަ ހަރަކާތުގައި މޫދަށް ރޮކެޓު ފޮނުވާލައިފި

މުސްތަގުބަލުގައި އިޒުރޭލުން ކުރިމަތިވެދނެ ހަމަލާއަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ގާޒާގެ ފެކްޝަންތައް ގުޅިގެން މިލިޓަރީ ތަމްރީން ތަކެއް ހިންގައިފިއެވެ. ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތައް އެކުވެގެން އަންގާރަ ދުވަހު ހިންގި ހަރަކާތުގައި ގާޒާގެ މެޑިޓެރޭނިއަން ކަނޑަށް ވަނީ ރޮކެޓު ފޮނުވާލާފައެވެ. މިއީ މިގޮތަށް ގިނަ ގްރޫޕްތަކެއް ގުޅިގެން ބޭއްވި ފުރަތަމަ ހަރަކާތެވެ. މިހަރަކާތް މިހިންގީ ގިނަ އަރަބި މުސްލިމު ގައުމުތަކެއް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލާއި ގުޅިފައިވާ ވަގުތެއްގައެވެ. ގާޒާ ހިންގަނީ ފަލަސްތީނުގައި އެންމެ ފުރަތަމަ ބޭއްވި ޑިމޮކްރަޓިކް […]