އަރަބިއްޔާ  ސްކޫލް ބާ ޖަމާލުއްދީނުގައި އަޅަނީ

    އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ބާ ޖަމާލުއްދީނުގެ ބިމުހައި އެޅުމަށް ނިންމައިފިއެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ވަނީ ބައްދަލު ކޮށްފައެވެ. ބައްދަލުވުމަށް ފަހު ބެލެނިވެރިންގެ މަންދޫބުން ބުނީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި މިހާރ […]

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

  އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް މިމަހުގެ 16 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، […]

ރަތާއި ހުދުގެ ދުނިޔެއެއްގައި އުޅޭ އާއިލާއެއް

  ދިރިއުޅުމުގައި އެކި މީހުންދެކެނީ އެކި ހުވަފެނެއެވެ. އެކި ކުލަކުލައިގެ ހުވަފެނެވެ. ނަމަވެސް އިންޑިއާގެ ބެންގަލޫރުގެ އާއިލާއެއް މުޅި ދިރިއުޅުމުގައި ދެކެން ބޭނުންވަނީ ދެކުލައިގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަށް ވެސް ގެންނަނީ ހަމަ އެދެކުލައިންނެވެ. އެއީ ހުދާއި ރަތް ކުލައިންނެވެ.  އެ އާއިލާގެ މުޅި ދިރިއުޅުން ބިނާ ވެފައި އޮންނަނީ ރަތާއި ހުދުކުލައިންނެވެ. ގޭގެ ވަންނަ ދޮރުން ފެށިގެން ހިފާގެންގުޅޭ ހުރިހާ ސާމާނެއްވެސް ރަތާއި ހުދެވެ.  ލާ ހެދުމާއި ދުއްވާ ކާރުވެސް ރަތާއި ހުދުކުލައިގައެވެ. އިމާރަތްތައް […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

    ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން އާންމުކޮށްފައިވަނީ ލ. މާމެންދޫ/ ދަނޑުމަތީގެ، އިބްރާހިމް ޝަރީފު (40އ) އެވެ. ފުލުހުން ބުނީ އިބްރާހިމް ޝަރީފް ހޯދަމުންދަނީ  ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ މަށްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. އަދި އޭނާ  ބަންދުގައި ބަހައްޓައިގެން މާދަމާ 11:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ […]

ޔޫއެންއޯޑީސީން ފުލުހުންނަށް  ސީސީޓީވީ އާލާތްތަކެއް ހަދިޔާކޮށްފި

  ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ސީސީޓީވީ އާލާތްތަކެއް ހަދިޔާކޮށްފިއެވެ. ސީސީޓީވީ އާލަތްތައް ހަދިޔާ ކުރުމަށް ކ. މާފުށި ކާނި ހޮޓަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފުލުހުންގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ. ޔޫއެންއޯޑީސީގެ ފަރާތުން އެ ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ […]

އިދިކޮޅުން ނެރޭ ބަޔާންތަކުގައި “ އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުންކުރަނީ

    އިދިކޮޅު ޕީޕީއެމް/ޕީއެންސީނ ނެރޭ ރަސްމީ ބަޔާންތަކުގައި ”އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުން ކުރަންފަށައިފިއެވެ. އިދިކޮޅުން ބުނީ އެ ޕާޓީން  ރަސްމީ ބަޔާންތަކުގައި މީގެ ފަހުން އިންޑިއާ އައުޓް ބޭނުންކުރާނެ ކަމަށާ ރެއިން ފެށިގެން އެ ސްޓޭމްޕް ރަސްމީ ބަޔާންތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާ ބޮއިކަޓް ކުރިކަން ހާމަކޮށް ރޭ އިދިކޮޅުން ނެރުނު ބަޔާނުގައިވެސް ވަނީ ”އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުންކޮށްފައެވެ.   އިދިކޮޅު ލީޑަރު ރައީސް ޔާމިން […]

 އައްޑޫސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

      އައްޑޫސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމު ދިޔަކަމުގެ ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.   ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔަކު ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ނަސްރި އަށް ވަދެ އެތަންތަނުގެ ހުރުމަތް ކަނޑާފައެވެ. އެގޮތުން އެމީހުންވަނީ ބޮޑުކަމު ދިއުމުގެ އިތުރުން މިސްކިތުގައި ހުރި ހަތިމްތައް އުކާލާފައިވާ ކަމަށް ވެއެވެ. […]

 119  ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

Maldives Dhivehi News

      މާލެ ސިޓީގައި މި ހަފްތާތެރޭގައި ހިންގި އޮޕަރޭޝަނުގައި  ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.   ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ […]

 ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 30 އަހަރަށް ޖަލަށް

Maldives Dhivehi News

  ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 30 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ގިނ ައހަރުތަކަށް ޖަލަސް ލާން ހުކުމް ކޮށްފައިވަނީ، ވ. ގާތިފް، އުމުރުން 37 އަހަރުގެ ހަސަން އަތޫފްގެ މައްޗަށެވެ. އޭނާގެ މަށްޗަށް އެހުކުމް ކޮށްފައިވަނީ އިތބާރުކުރެވޭ މަގާމެއްގައި ހުރެ  2019  ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން ކުޑަކުދިންތަކަކާމެދު ޖިންސީ ގޯނާ ކުރިކަމަށް ސާބިތުވުމާއި ގުޅިގެންނެވެ. ހަސަން އަތޫފް މިހަރުގެ މެއި މަހުގެ ތެރޭގައި ހައްޔަރުކޮށް […]

ކައުންސިލްތަކަށް ލޯން ނެގޭގޮތަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

Maldives Dhivehi News

  ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެހެން މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިސްްލާހްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަަމަލުކުރަންވީ އުސާލަށް […]