ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރަޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން

    ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް  އުފަންވާ ކުދިން ރާއްޖޭގައި ރެޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައި އުސޫލެއް އެކުލަވާލައިފި އެވެ. ގެޒެޓްކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާ ބެހޭ އުސޫލު މިހާރުވަނީ ގެޒެޓްކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްރީ ކުރަން ބޭނުންވާނަމަ އެކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި އެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅަން […]

15 މިނިޓްން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

  ޓެސްޓް ހަދާތާ 15 މިނިޓް އިން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޓެސްޓް ހަދާތާ 15 މިނިޓާއި 30 މިނިޓްތެރޭ ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް  ހަދަން ފަށާފައިވަނީ މާލޭގެ ބައެއް ސާމްޕަލް ސެންޓަރުތަކުންކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ސެނަހިޔާގެ އިތުރުން ހުޅުމާލެ ރުއްގަނޑު1، ސަރަހައްދުގައި ގާއިމުކޮށްފައިވާ ސާމްޕްލިންގ ސެންޓަރުގައި ވެސް އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭ […]

މާޅޮހު ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

    އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މާޅޮސް ބަނދަރުތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ މާޅޮހުގެ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހާބަރު ބޭސިން މަސައްކަތް ނިމިފައިވާ ކަމަށާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް ވެސް މިހާރު ދަނީ އިންވެސްޓްކުރަމުން ކަމަށެވެ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 […]

ޝެއިޚް ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވައިފި

  މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވުމަށްފަހު ޝައިޚް ޒައިދުވަނީ އެކަން ޓްވިޓާއިން އިއުލާނު ކުރައްވާފައެވެ. އެޓްވީޓްގައި ޒައިދު ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި އެކީގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝައިޚް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ”‏އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި އެހެނިހެން ހުރިހާމެމްބަރުން އަޅުގަނޑާމެދު […]

މާލެ ސިޓީގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

    މާލެ ސިޓީގެގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ގަސް އިންދުމުގެ މި ޕްރޮގްރާމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން 150 ގަސް އިންދުމަށް ހަމަޖެހިފައިވާއިރު މަޖީދީ މަގު ހިމެނޭ ގޮތަށް ފުރަތަމަ އިންދާ 150 ގަހުގެ ތެރެއިން 65 ޕަސަންޓް ގަހަކީ އަނބު ގަސްތައް ކަމަށާ  ބާކީ 35 […]

ހިޔާ ފްލެޓްތަކުގައި ރޭގަނޑު އަޑުގަދަވާ ޒާތުގެ މަސައްކަތް ނުކުރެވޭނެ: އެޗްޑީސީ

    ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ ފްކެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމުގައި އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ރޭގަނޑުގެ ވަގުތުގައި ނުކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑިސީން ބުނެފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި  ބުނީ ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ހިޔާ ފްލެޓްގައި ކުރުމަކީ މަނާކަމެއް ކަމަށެވެ.   އެކޯޕަރޭޝަނުން ބުނީ އަޑުގަނދަވާ ޒާތުގެ މަސައްކަތް ކުރަން ވަކި ގަޑިއެއް ކަނޑައެޅީ […]

ރައީސް ޔާމިނަށް ފާޑުކިޔަމުން ”އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅަށް އަދާލަތުން ތެދުވެއްޖެ

    އިދިކޮޅު ލީޑަރު ރައީސް އަބްދުއްލާ ޔާމިން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް “ އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅަށް މި ސަރުކާރުގެ ކޯލިޝަން ހިމެނޭ އަދާލަތުޕާޓީން ތެދުވެއްޖެ އެވެ. އިދިކޮޅުން މުޅި ރާއްޖޭގައި އިންޑިއާ އައުޓް ކެމްޕޭން ވަރަށް ވަރުގަދަކޮށްފައިވާއިރު އަދާލަތު ޕާޓީން  ވަނީ މި ކެޕްޕޭނަކީ ރައީސް ޔާމިން ސިޔާސީ މަގުސަދެއް ހާސިލުކުރެއްވުމަށް ހިންގާ ނޭއްގާނީ އަމަލެއް ކަމަށް ސިފަކުރައްވާ ބަޔާނެއް ނެރެފައެވެ. ”ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން […]

ޖާބިރު ހައްޔަރުކުރުމަށްފަހު މުވައްޒަފަކަށް މުސާރަދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފި

    ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމަށްފަހު މުވައްޒަފަކަށް މުސާރަ ދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފިއެވެ. މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ޖާބިރު ހައްޔަރުކޮށްފައެވެ. ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުއްޓާ ޖާބިރު ހައްޔަރުކޮށްގެން ގެންދިޔައީ ގދ.ތިނަދުއަށެވެ. ޖާބިރު ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނަގެ ކުންފުނި ޔޮޓް ޓުއާސްގެ މުވައްޒަފަކަށް މުސާރަ ނުދޭ މައްސަލަ އަކާ ގުޅިގެންނެވެ. އެއީ ޅ.ނައިފަރު، ފަތަނގުމާގެ، އަލީ […]

ލ އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތް ކުރަން ނިންމަވައިފި

    ލ. އަތޮޅުގައި ތިމާވެށިގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ހަ ސަރަހައްދެއް ހިމާޔަތްކުރަން ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.   ރައީސް އޮފީހުން ބުނީ ލ. އަތޮޅުގެ މުހިންމު ސަރަހައްދުތަކެއް ހިމާޔަތްކުރަން ރައީސް ނިންމވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު އިއްޔެއެވެ. ލ. އަތޮޅުން ހިމާޔަތްކުރަން ނިންމެވި ސަރަހައްދުތައް: ގަމު ބޮޑަ ފެންގަނޑަ ސަރަހައްދު މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދު ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދު ލ. […]

ފަތުރުވެރިކަމުގެ ރަން ޔޫބިލް ލޯގޯ އަންނަ މަހުންފެށިގެން ރަސްމީ ލިޔުންތަކުގައި ބޭނުންކުރަން ނިންމައިފި

    އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ”2022 :ފަތުރުވެރިކަމުގެ ރަން އަހަރު“ ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ -މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައިވާ […]