ޖާބިރު ހައްޔަރުކުރުމަށްފަހު މުވައްޒަފަކަށް މުސާރަދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ޖާބިރު ހައްޔަރުކުރުމަށްފަހު މުވައްޒަފަކަށް މުސާރަދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފި

 

 

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމަށްފަހު މުވައްޒަފަކަށް މުސާރަ ދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފިއެވެ.

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ޖާބިރު ހައްޔަރުކޮށްފައެވެ. ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުއްޓާ ޖާބިރު ހައްޔަރުކޮށްގެން ގެންދިޔައީ ގދ.ތިނަދުއަށެވެ.

ޖާބިރު ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނަގެ ކުންފުނި ޔޮޓް ޓުއާސްގެ މުވައްޒަފަކަށް މުސާރަ ނުދޭ މައްސަލަ އަކާ ގުޅިގެންނެވެ.

އެއީ ޅ.ނައިފަރު، ފަތަނގުމާގެ، އަލީ މުހައްމަދަށް ލިބެން ޖެހޭ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ނުދީ އޮތް މައްސަލާގައެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުލުން ކޮށްފައިވާ އެހުކުމް ތަންފީޒްކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމުގައިވަނީ، ޅ.ނައިފަރު، ފަތަނގުމާގޭ، އަލީ މުހައްމަދަށް ޔޮޓް ޓުއާސް ކުންފުނިން ކޮންމެ މަހަކު، އުޖޫރައިގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ނުވަތަ 46،000 ރުފިޔާ ދޭންޖެހޭނެކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2019ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ މުއައްޒަަފަށް ދޭންޖެހޭ ފައިސާ އެ މުވައްޒަފަށް ދޭންޖެހޭނެކަމަށެވެ.
ޖާބިރު މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު ކޯޓުން އޭނާ ދޫކޮށްލީ އެ މުވައްޒަފަށް 10 ދުވަހުގެ ތެރޭގައި މުސާރަ ދިނުމަށް ޝަރުތުކުރުމަށްފަހުއެވެ.

ޖާބިރު ހައްޔަރުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު ބައެއް މީޑީއާތަކުން ޖާބިރު އާއި ހަވާލާދީ ބުނެފައިވާގޮތުގައި ހައްޔަރާއި ގުޅޭގޮތުން ޖާބިރުވަނީ ހިތްމަނަނުކެޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ފޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު އަދި ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން މައްސަލަ ބައްލަވާ ފަނޑިޔާރު ޖާބިރު އާއި މެދު ކަންކުރެއްވީ އިންސާފުވެރި ކޮށެއް ނޫންކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށްވެސް ބައެއް މީޑިއާ ތަކުންވަނީ ރިޕޯޓް ކޮށްފައެވެ.

One Response

  1. ދިވެހިންގެ މަޖިލިސްކުރާގެއަށް ހޮވާ މީހުން މިފަދަ ދަށުޖަރައަށް ދިޔައިމާ ދެން ގައުމަށްވާނެ ގޮތް ވިސްނާލައްވާށެވެ. ހަމަ ގިނައީ މިފަދަ ގޮތެއް ފޮތެއް ނެތް މީހުނެވެ. ހާދަ ދެރައެވެ.

ފަހުގެ އަޕްޑޭޓް