ޝެއިޚް ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވުމަށްފަހު ޝައިޚް ޒައިދުވަނީ އެކަން ޓްވިޓާއިން އިއުލާނު ކުރައްވާފައެވެ. އެޓްވީޓްގައި ޒައިދު ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި އެކީގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝައިޚް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

”‏އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި އެހެނިހެން ހުރިހާމެމްބަރުން އަޅުގަނޑާމެދު އަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ.“ ޝެއިޚް ޒައިދު ޓްވީޓް ކުރައްވާފައިވއެވެ.

ޒައިދު އިސްތިއުފާ ދެއްވާފައި މި ވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް ދީފައި ވަނިކޮށެވެ. އަދާލަތުގެ މި ނިންމުން އައުމުގެ ކުރީން ޒައިދު ވަނީ އެމްޑީޕީއަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

 

Loading

2 Responses

  1. މާބޮޑަށްވެސް ތިނިންމެވުން ލަސްވެއްޖެމެއެވެ. އަދާލަތު ޕާޓީ ފުނޑުމުގެ އަސްލަކީ އިމްރާނާއި އަލިއްޕެއެވެ. އަދި އެދެމީހުންގެ އަމިއްލަ އެދުމަށްޓަކައި އެވަނީ އެމާތް މަގުސަދުގައި އުފެއްދި ޕާޓީ ފުނޑިފައެވެ. އެމްޑީޕީގެ ރީންދޫ ހުންޖެހިގެން އެމީހުން ދިން ފައިސާއިން ބައެއް ޖީބައްލާއި އަނެއްބައި ކެމްޕޭނަށް ބޭނުންކޮށް އެމީހުންގެ އެނހީއާއިއެކު އަދާލަތު ޕާޓީ ޕޮލިޓިކަލީ ސްޓްރޯންގްވާނޭކަމަށް ދެކި ބުލެކްމެއިލްވީއެވެ. 10 އަހަރު އެދެވެރީނގެ ވެރިކަމުގައި ޕާޓީއަށް މެމްބަރު ގޮނޑިއެއްވެސް ނުހޯދުނެވެ. ލިބިފައިވާ އަނާރާގެ ގޮނޑިވެސް އެމްޑީޕީއަށްޓަކައި ގުރުބާންކޮށްލީއެވެ. ނަތީޖާއަކީ މިއަދު އަނާރާވެސް ޕާޓީ ދޫކޮށް އިހަކަށްދުވަހަކު އެ ދިޔައީއެވެ. ދެން ޝޭއިޚު އިލްޔާސް އަށް ދަޅަދައްކައިގެން ހައްލުވައިގެން އަދިވެސް ހިފަހަށްޓަނީއެވެ. އެހެނީ މިނިސްޓަރުކަން ގެއްލުމަކީ ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލިގެން ދިއުމެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. ކަނޑައޅިގެން ބޮޑެތިބުހުތާން ދޮގުހަދައި ދީނަށް ގޮންޖަހާ ނުލަފާ އެމްޑީޕީ ކަލްޓް ގުރޫޕް ކުދިންކޮޅާއިއެކު އުޅެން. އަދާލަތުގެ ދުވަސް ހަމަ އެވެރިން ދުއްވާލީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް