ހިޔާ ފްލެޓްތަކުގައި ރޭގަނޑު އަޑުގަދަވާ ޒާތުގެ މަސައްކަތް ނުކުރެވޭނެ: އެޗްޑީސީ

Loading

Facebook
Twitter
WhatsApp

 

 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ ފްކެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމުގައި އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ރޭގަނޑުގެ ވަގުތުގައި ނުކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑިސީން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި  ބުނީ ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ހިޔާ ފްލެޓްގައި ކުރުމަކީ މަނާކަމެއް ކަމަށެވެ.

 

އެކޯޕަރޭޝަނުން ބުނީ އަޑުގަނދަވާ ޒާތުގެ މަސައްކަތް ކުރަން ވަކި ގަޑިއެއް ކަނޑައެޅީ ތަނުގައި ދިރިއުޅޭ އެންމެންނަށްވެސް އުދަގޫ ނުވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ހިޔާ ފްލެޓަށް ގިނަ އަދަދެއްގެ މީހުން ބަދަލުވެފައިވާއިރު ރޭގަނޑުގަޑީ އަޑުގަދަވާ ޒާތުގެ މަސައްކަތް ކުރަމުން އަންނާތީ ގިނަ ބަޔެއްގެ ޝަކުވާ އެކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން ގާކުނި އަދި އެ ޒާތުގެ އެހެނިހެން ކުނި އުކާލަންޖެހޭނީ އެ ފުލެޓެއްގެ ވެރިފަރާތުން، އެކަމަށް ހާއްސަ ކުރެވިފައިވާ މުއައްސަސާ ތަކާއި ގުޅިގެން ކަމަށް ކުރިން ބުނެފައި ވީނަމަވެސް ހިޔާ ސަރަހައްދުގެ މަގުތައް ހަދާ ނިމެންދެން އެގޮތަށް އަމަލު ކުރުން ފަސްކޮށްފައިވާ ކަމަށެވެ.

އަންގައިފިއެވެ.

މީގެ އިތުރުން، ހިޔާ ޓަވަރުތަކުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވުމުން އެފަރާތްތަކަށް ދިމާވާ ދަތިތައް ކުޑަ ކުރުމަށްޓަކައި، ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން ވީހާވެސް އަވަހަށް ފުލެޓުގެ އެތެރޭގެ މަސައްކަތްތައް ނިންމައި އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.

ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ކުރުމާއި ގުޅިގެން، ފުލެޓުތަކުގެ އެތެރޭގެ މަސައްކަތް ކުރުމަށް މިހާތަނަށް ދޫކުރެވިފައިވާ ހުއްދައިގެ މުއްދަތު 31 މާޗް 2012 އާއި ހަމަޔަށް އިތުރުކޮށްފައިވާ އިރު ގިނަ އަދަދެއްގެ ފްލެޓްތަކުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް