15 މިނިޓްން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

Loading

Facebook
Twitter
WhatsApp

 

ޓެސްޓް ހަދާތާ 15 މިނިޓް އިން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޓެސްޓް ހަދާތާ 15 މިނިޓާއި 30 މިނިޓްތެރޭ ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް  ހަދަން ފަށާފައިވަނީ މާލޭގެ ބައެއް ސާމްޕަލް ސެންޓަރުތަކުންކަމަށެވެ.

އެގޮތުން ސޯޝަލް ސެންޓަރާއި ސެނަހިޔާގެ އިތުރުން ހުޅުމާލެ ރުއްގަނޑު1، ސަރަހައްދުގައި ގާއިމުކޮށްފައިވާ ސާމްޕްލިންގ ސެންޓަރުގައި ވެސް އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ އެންޓިޖެން ޓެސްޓު ހަދަނީ ކޮވިޑްގެ އަލާމަތްތައް ހުންނަ މީހުން ކަމަށެވެ. މި ޓެސްޓަކީ ސާމްޕަލް، ލެބަށް ފޮނުވަންނުޖެހި ތިބިތާ ތިބެގެން ބަގުތުން ހެދޭ ޓެސްޓެކެވެ.

ކޮވިޑް ޑެސްޓް ކުރުމަށް ރެޕިޑް އެންޓިޖެން ޓެސްޓް  މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް  އަންނަނީ ބޭނުން ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް