ލ އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތް ކުރަން ނިންމަވައިފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ލ އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތް ކުރަން ނިންމަވައިފި

 

 

ލ. އަތޮޅުގައި ތިމާވެށިގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ހަ ސަރަހައްދެއް ހިމާޔަތްކުރަން ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

 

ރައީސް އޮފީހުން ބުނީ ލ. އަތޮޅުގެ މުހިންމު ސަރަހައްދުތަކެއް ހިމާޔަތްކުރަން ރައީސް ނިންމވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު އިއްޔެއެވެ.

ލ. އަތޮޅުން ހިމާޔަތްކުރަން ނިންމެވި ސަރަހައްދުތައް:

ގަމު ބޮޑަ ފެންގަނޑަ ސަރަހައްދު

މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދު

ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދު

ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދު

ލ.ގާދޫ-ހިތަދޫ ކަނޑު ސަރަހައްދު

ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދު

ރައީސް އޮފީހުން ބުނީ މި ސަރަހައްދުތައް ހިމާޔަތް ކުރީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

ލ. އަތޮޅަކީ ތިމާވެށިގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާކަމަށް “ހޯޕް ސްޕޮޓް” އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަންއެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު ސިޓީގެ 1 ސަރަހައްދަކާއި، އަދި ފާދިއްޕޮޅުގެ 5 ސަރަހައްދެއް (ޖުމްލަ 14،423 ހެކްޓަރު) މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފައިވާކަމަށެވެ.

 

ފަހުގެ އަޕްޑޭޓް