މާޅޮހު ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

Loading

Facebook
Twitter
WhatsApp

 

 

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މާޅޮސް ބަނދަރުތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ މާޅޮހުގެ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހާބަރު ބޭސިން މަސައްކަތް ނިމިފައިވާ ކަމަށާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް ވެސް މިހާރު ދަނީ އިންވެސްޓްކުރަމުން ކަމަށެވެ.

މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް