ޔޫއެންއޯޑީސީން ފުލުހުންނަށް  ސީސީޓީވީ އާލާތްތަކެއް ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

 

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ސީސީޓީވީ އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

ސީސީޓީވީ އާލަތްތައް ހަދިޔާ ކުރުމަށް ކ. މާފުށި ކާނި ހޮޓަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފުލުހުންގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ.

ޔޫއެންއޯޑީސީގެ ފަރާތުން އެ ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއެވެ.

މި ރަސްމިއްޔާތުގައި، މަންނާނު ވިދާޅުވީ  މި ތަކެތީގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ޖަޕާން އެމްބަސީގެ ސާޒޭ ޑި އެފެއާޒް، މިސް ނައުމީ އަސާނޯއާއި ބައިވެރިވެލެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް