ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

 

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވަނީ ލ. މާމެންދޫ/ ދަނޑުމަތީގެ، އިބްރާހިމް ޝަރީފު (40އ) އެވެ.

ފުލުހުން ބުނީ އިބްރާހިމް ޝަރީފް ހޯދަމުންދަނީ  ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ މަށްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. އަދި އޭނާ  ބަންދުގައި ބަހައްޓައިގެން މާދަމާ 11:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އިބްރާހިމް ޝަރީފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ވެސް ފުލުހުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް