އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް މިމަހުގެ 16 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 29 އަދި 30 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އެއޮފީހުގެ ވެބްސައިޓުން ފޯރމާއި އިގްރާރު ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު = ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީއަށް ވަނީ ފޮނުވައިލާފައެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީއަށް ފޮނުވައިވާފައެވެ. އަދި އޭސީސީގެ މިހާރުގެ މެމްބަރުން ވަކިކުރުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެކޮމިޝަނުގެ ހިމެނޭ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފް ވަނީ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

އެހެންކަމުން އެކޮމިޝަނުގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު އާއިޝަތު އަބްދުއްލާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް