އައްޑޫސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

 

އައްޑޫސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމު ދިޔަކަމުގެ ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

 

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔަކު ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ނަސްރި އަށް ވަދެ އެތަންތަނުގެ ހުރުމަތް ކަނޑާފައެވެ.

އެގޮތުން އެމީހުންވަނީ ބޮޑުކަމު ދިއުމުގެ އިތުރުން މިސްކިތުގައި ހުރި ހަތިމްތައް އުކާލާފައިވާ ކަމަށް ވެއެވެ.  ބޮޑުކަމުގޮސްފައި ހުރީ މިސްކިތުގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނަށެވެ. އަދި އެކަން ކުރި މީހުން ދިޔައީ ބޮޑު ކަމުގެ ނަޖިސް މަތީގައި މުސައްލަ ބާއްވާފައި ކަމަށްވެއެވެ.

މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދި  މިއަދު ފުުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް