ރިޔާސީ އިންތިހާބާ ގުޅިގެން އާންމު ވެފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއްނޫން: ފުލުހުން

Maldives Dhivehi News

  2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ކަމަށްބުނެ އާންމުކޮށްގެން އުޅޭ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ  ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުންތަކަކީ ފުލުހުންގެ ހިދުމަތުގެ ލިޔުމެއް ކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ. މި ލިޔުންތަކުގައި ބޭނުންކޮށްފައިވާ ފޯމެޓާއި […]

2018 އިންތިހާބު އޮޅުވާލައިފައި ނުވާނެ ކަމަށް ވިދާޅުވެ ހުވާކުރައްވައިފި

Maldives Dhivehi News

2018ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވައި ލައިފައި ނުވާނެކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނާއިބުރައީސް އަހުމަދު އަކްރަމް މިއަދު ﷲގަންދީ ހުވާކުރައްވައިފިއެވެ. ރިޔާސީ އިންތިހާބު އޮޅުވައި ނުލާކަމަށް ﷲގަންދީ ހުވާކުރައްވައި އަކްރަމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ރައްޔިތުން ވޯޓުލާފައިވާ ގޮތަށް އެއްވެސް ބަދަލުކުރުމަކާ ނުލައި ކަމަށެވެ. ”އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަތަކެވެ. ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލުކުރުމަކާއިނުލާ، ރައްޔިތުން […]

ބާރްތީ ސިންގް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު

  އިންޑިޔާގެ މަޝްހޫރު ކޮމޭޑިއަން އަދި ޓީވީ ހޯސްޓް، ބާރްތީ ސިންގް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވެފައި އިންކަން އިއުލާންކޮށްފި އެވެ. އާންމުކޮށް ވަރަށް ފަލަކޮށް ހުންނަ ބާރްތީ ހީވެސް ނުކުރާ ވަރުގެ ބޮޑު ބަދަލެއް ހަށި ގަނޑަށް ގެނެސް ސަޕޯޓަރުން ސިއްސުލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އޭނާ ބަލިވެ އިންކަމުގެ އުފާވެރި ހަބަރު  އޭނާގެ ފިރިމީހާ ހާޝް ލިމްބަޗިޔާ ދެ މީހުން އިއްޔެ ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވިކަން އިއުލާންކޮށް ބާރްތީ ވަނީ […]

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

  އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ ސ.ހުޅުދޫ/ ރަސްގެދަރު މުހައްމަދު ޔާސީނަށް ”ނެޝަނަލް އިންޓެގްރޭޝަން ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ރާއްޖޭގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 51720 މެންބަރުން ތިބި އިރު ދެ ވަނަ އަށް އެންމެ […]

ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

  މާލޭ ގެއަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަން އެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު މާލޭ މަގުތަމަތިން ހިނގާފައިދާ މަންޒަރެވެ.   ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މިދިޔަ މަހު 18 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ގެއަކުން ވައްކަންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް […]

ހުވަފަތްވާ އަންހެނުންގެ މަރުވި ފިރިމީހާގެ  އާއިލާ މީހުންނާ ކައިވެނިކުރުވުން ހުއްޓުވަނީ

  ފިރިން މަރުވެ ހުވަފަތްވާ އަންހެނުން ފިރިމީހާގެ އާއިލާގެ އެހެން ފިރިހެނަކާ ކައިވެނި ކުރާކުރުން ހުއްޓުވާނެ ކަމަށް އަފްއާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާނުން ބުނެފިއެވެ. ތާލިބާނުންގެ ލީޑަރު ހިބަތުއްލާ އަކުންޒާދާ ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ ގައުމުގައި އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއްވެސް އަންހެނަކު ގަދަކަމުން މީހާ ކައިވެނިކުރުވުމަކީ މީގެ ފަހުން މަނާ ކަމެއް ކަމަށާ އަންހެން މީހާގެ ފިރިމީހާ މަރުވެ ހުވަފަތް ވުމުން އެ އަންހެން މީހާ ބޭނުން […]

މަތީ ތައުލީމުދޭ މަރުކަޒުތަކުން ދީނާ ހިލާފް ހަރަކާތެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

  މަތީ ތައުލީމްދޭ މަރުކަޒުތަކުން ދީނާ ހިލާފް ހަރަކާތެއް ހިންގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީފިއެވެ. ހަޔާ އެށިއުކޭޝަނުން ބުނީ ބައެއް ފަރާތްތަކުން އިސްލާމްދީނާ ހިލާފު އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވޭ ކަމަށާ އެފަދަ ކަންކަން ހިންގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. “ އިސްލާމްދީނާއި ދިވެހިރާއްޖޭގައި […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބަޔަކު ހޯދަނީ

  ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދުމަށް އެ ދެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދަނ ކ. މާލެ/ ވ. ރާހި، މުހައްމަދު ބާގިރު (50އ)  އާއި ލ. މާމެންދޫ / ދަނޑުމަތީގެ، އިބްރާހިމް ޝަރީފް (40އ) އެވެ. . ފުލުހުން ބުނީ ބާގިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

  ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. ފުލުހުން ހޯދަމުން ދަނީ ކ. މާލެ/ ވ. އާއަލި، އަހްމަދު މުފީދު (53އ) އެވެ. ފުލުހުން ބުނީ އަހުމަދު މުފީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހު 6 ވަނަ ދުވަހުގެ 11:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ […]

ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި

  މާލެ ސިޓީން ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކުރީ މާލެ އާއި ހުޅުމާލޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާއާ އެކީ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު […]