2018 އިންތިހާބު އޮޅުވާލައިފައި ނުވާނެ ކަމަށް ވިދާޅުވެ ހުވާކުރައްވައިފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

2018ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވައި ލައިފައި ނުވާނެކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނާއިބުރައީސް އަހުމަދު އަކްރަމް މިއަދު ﷲގަންދީ ހުވާކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބު އޮޅުވައި ނުލާކަމަށް ﷲގަންދީ ހުވާކުރައްވައި އަކްރަމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ރައްޔިތުން ވޯޓުލާފައިވާ ގޮތަށް އެއްވެސް ބަދަލުކުރުމަކާ ނުލައި ކަމަށެވެ.

”އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަތަކެވެ. ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލުކުރުމަކާއިނުލާ، ރައްޔިތުން ވޯޓުލީ ގޮތަށެވެ.“ އަކްރަމް ވިދާޅުވެފައިވެއެވެ.
އަދި ދުލާއި ގަލަމުގެ ބޭނުން ހެޔޮގޮތުގައި ހިފާ ﷲގެ އަޒާބަށް ބިރުވެތުވުމަށް ވެސް އަކްރަމްގެ ޓްވީޓްގައި އޭނާ ވަނީ ގޮވާލައްވާފައެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައި ނުވާނެ ކަމަށް ވިދާޅުވެ އަކްރަމް ހުވާކުރައްވާ ވާހަކަފުޅު ދައްކަވާފައި މިވަނީ އެ އިންތިހާބް އޮޅުވާލައިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަރުގަދަ ބަހުގެ ހަމަލާތަކެއް އިލެކްޝަން ކޮމިނަށް ރައްދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވަނީ އިންތިހާބު އޮޅުވާލައިފައި ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު ރައީސް އަބްދުއްﷲ ޔާމިން އަބްދުލް ގައްޔޫމްވަނީ ޝަރީފަކީ ޚާއިނެއްކަމަށް ސިފަކުރައްވާ މިދިޔަ ހަފްތާގައ ވަނީ ވާހަަކަފުޅު ދައްކަވާފައެވެ.

އަދި އެ ވާހަކަފުޅު ތަކަށް ބާރުލިބޭ ރިޕޯޓެއް ކަމަށްބުނާ ލިއުމެއް ލީކުވެފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެސް ވެއެވެ.

2018ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް