ރިޔާސީ އިންތިހާބާ ގުޅިގެން އާންމު ވެފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއްނޫން: ފުލުހުން

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ކަމަށްބުނެ އާންމުކޮށްގެން އުޅޭ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ  ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުންތަކަކީ ފުލުހުންގެ ހިދުމަތުގެ ލިޔުމެއް ކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ. މި ލިޔުންތަކުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް ބުންޏެވެ.

އެގޮތުން ލިޔުމުގައި ބޭނުން ކޮށްފައިވާ ފޯމެޓާއި ބޭނުން ކޮށްފައިވާ ސްޓޭމްޕްގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕްގައި ފުލުހުންގެ ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުން ކޮށްފައިވާ ”ދިވެހި ފުލުހުންގެ ހިދުމަތް“ މި ނަމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިއަހަރު ބޭނުން ކުރަމުން އަންނަ ނަމެއް ކަމަށްވެސް ފުލުން ނެރުނު އެ ބަޔާނުގައިވެއެވެ.

އަދި ކުރީގެ ސްޓޭމްޕްގައި ބޭނުންކޮށްފައިވާ ނަމަކީ ”މޯލްޑިވްސް ޕޮލިސް ސާވިސް“ ކަމަށް ވެސް ފުލުހުން ބުނެއެވެ.

”އެހެން ކަމުން މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި މި ހިދުމަތުން ދެކެމެވެ. އަދި އެ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ މި ހިދުމަތުން ތަހުގީގު ކުރާނެ ވާހަކަ ދަންނަވަމެވެ،“ ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

2018ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ލުމާއި ވޯޓު ގުނުން ފަދަ މަރުހަލާތަކުގައި 54 މައްސަލައެއް ފާހަގަކޮށް ފުލުހުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއް އާންމުވެ ބައެއް މީޑިއާތަކުންވަނީ އެ ރިޕޯޓާއި ހަވާލާދީ ލިޔުންތައް އާންމުކޮށްފައެވެ.

އަދި އެ ރިޕޯޓާއި ގުޅިގެން އޭރުގެ އިންތިހާބުގައި ނާކާމިޔާބާއި ކުރިމަތި ލައްވަން ޖެހިވަޑައިގަތް ރައީސް އަބްދުއްލާ ޔާމިން އަބްދުލް ގައްޔޫމްގެ ސަޕޯޓަރުން ގެންދަނީ އިންތިހާބު އޮޅުވާލި ކަމަށް ޔަގީން ކުރެވޭ ކަމަށް ބުނެ އޭރުގެ އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކޮށް ތަހުގީގު ކުރަން ގޮވާލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް