ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މާލެ ސިޓީން ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކުރީ މާލެ އާއި ހުޅުމާލޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާއާ އެކީ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނީ 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާފުޅިއެއް ފެނުމާ ގުޅިގެންނެެވެ. އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22  ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ  މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް  އިންޓެލިޖެންސް ގުޅިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 27 އަހަރުގެ މީހާއަށް 5 ދުވަސް މުއްދަތެއް ދީފަައެވެ. އަދި 28 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއަށް 3 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް