މަތީ ތައުލީމުދޭ މަރުކަޒުތަކުން ދީނާ ހިލާފް ހަރަކާތެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

 

މަތީ ތައުލީމްދޭ މަރުކަޒުތަކުން ދީނާ ހިލާފް ހަރަކާތެއް ހިންގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީފިއެވެ.

ހަޔާ އެށިއުކޭޝަނުން ބުނީ ބައެއް ފަރާތްތަކުން އިސްލާމްދީނާ ހިލާފު އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވޭ ކަމަށާ އެފަދަ ކަންކަން ހިންގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

“ އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނުނުތަކާއި ހިިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ ”ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު“ އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އެޅޭނެއެވެ. “ ހަޔާ އެޑިއުކޭޝަނުން ނެރުނު ބަޔާނުގައ ވެއެވެ.

 

ހަޔާ އެށިއުކޭޝަނުން ބުނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވީ ހިނދު، އަދި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމަކީ، ”ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު“ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

މިފަދަ ކަންކަމަކީ ”ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު“ގެ 6 ވަނަ މާއްދާގައިވާ ގޮތުން މަނާކަމެކެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެހަރަކާތެއް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާާނޫނުތަކާ ހިލާފުނުވާ ގޮތުގެ މަތިން ހިންގާ ހަރަކާތަކަށް ވުމަކީ ލާޒިމުކަމެކެވެ.

ހަމައެފަދައިން އެ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ޙަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއއްކަންވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހަދާންކޮށްދީ ފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް