އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

 

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ ސ.ހުޅުދޫ/ ރަސްގެދަރު މުހައްމަދު ޔާސީނަށް ”ނެޝަނަލް އިންޓެގްރޭޝަން ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ.
ރާއްޖޭގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ.

އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 51720 މެންބަރުން ތިބި އިރު ދެ ވަނަ އަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގައި 37284 މެންބަރުން އެބަތިއްބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް