ބާރްތީ ސިންގް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު

Loading

Facebook
Twitter
WhatsApp

 

އިންޑިޔާގެ މަޝްހޫރު ކޮމޭޑިއަން އަދި ޓީވީ ހޯސްޓް، ބާރްތީ ސިންގް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވެފައި އިންކަން އިއުލާންކޮށްފި އެވެ.

އާންމުކޮށް ވަރަށް ފަލަކޮށް ހުންނަ ބާރްތީ ހީވެސް ނުކުރާ ވަރުގެ ބޮޑު ބަދަލެއް ހަށި ގަނޑަށް ގެނެސް ސަޕޯޓަރުން ސިއްސުލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އޭނާ ބަލިވެ އިންކަމުގެ އުފާވެރި ހަބަރު  އޭނާގެ ފިރިމީހާ ހާޝް ލިމްބަޗިޔާ ދެ މީހުން އިއްޔެ ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވިކަން އިއުލާންކޮށް ބާރްތީ ވަނީ އުފާފާޅުކުރި ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އަދި އެއާ ގުޅިގެން އޭނާގެ ފިރިމީހާވެސް ވަނީ އެ އުފާވެރިވަގުތުގެ މަޖާ ވީޑިއޯއެއް އާންމުކޮށްފައެވެ.

 

ބާރްތީ ވަނީ ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި 15 ކިލޯ ލުއި ކޮށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ބާރްތީ މީޑިއާ އަށް މައުލޫމާތު ދެމުން މީގެ ދެ މަހެއްހާ ދުވަސްކުރިން ބުނެފައިވަނީ އޭނާގެ ބަރުދަނުގައި ކުރިން 91 ކިލޯ ހުއްޓާ 76 ކިލޯ އަށް އަހަރެއްގެ ތެރޭގައި ލުއި ކުރެވުނު ކަމަށެވެ. އަދި ހަށިގަނޑަށް އައި ބަދަލާ އެކު ކުރިން ތަހައްމަލް ކުރަމުން ދިޔަ ނޭވާ ކުރުވާ މައްސަލައާއި ހަކުރު ބަލިން އޭނާ ސަލާމަތް ވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އަދި އެ އިންޓަވިއުގައި ވެސް އޭނާ ބުނެފައިވަނީ ދަރިއަކު ލިބޭތޯ މަސައްކަތް ކުރުމަކީ މިހާރު އޭނާ އާއި ފިރިމީހާ އެންމެ ބޮޑަށް ބޭނުންވާ ކަންތަކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް