ރަތާއި ހުދުގެ ދުނިޔެއެއްގައި އުޅޭ އާއިލާއެއް

Loading

Facebook
Twitter
WhatsApp

 

ދިރިއުޅުމުގައި އެކި މީހުންދެކެނީ އެކި ހުވަފެނެއެވެ. އެކި ކުލަކުލައިގެ ހުވަފެނެވެ. ނަމަވެސް އިންޑިއާގެ ބެންގަލޫރުގެ އާއިލާއެއް މުޅި ދިރިއުޅުމުގައި ދެކެން ބޭނުންވަނީ ދެކުލައިގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަށް ވެސް ގެންނަނީ ހަމަ އެދެކުލައިންނެވެ. އެއީ ހުދާއި ރަތް ކުލައިންނެވެ.  އެ އާއިލާގެ މުޅި ދިރިއުޅުން ބިނާ ވެފައި އޮންނަނީ ރަތާއި ހުދުކުލައިންނެވެ. ގޭގެ ވަންނަ ދޮރުން ފެށިގެން ހިފާގެންގުޅޭ ހުރިހާ ސާމާނެއްވެސް ރަތާއި ހުދެވެ.  ލާ ހެދުމާއި ދުއްވާ ކާރުވެސް ރަތާއި ހުދުކުލައިގައެވެ.

އިމާރަތްތައް ކުރުމުގެ ވިޔަފާރީ ހިންގާ ސެވެންރާޖް ބިޒަރޭ ނަމަކަށްކިޔާ މި މީހާގެ އޮފީހާއި އޭނާގެ ގޭގެ ހުރިހާތަނެއްގައި ވެސް ހުރީ ރަތާއި ހުދުކުރައި ގައެވެ. ފަރުނީޒަރާއި ހިފާ ގެންގުޅޭ ތަކެއްޗާއި ފާރުތައްވެސް ހުރީ އެ ދެ ކުލައިންނެވެ.

 

ރަތާއި ހުދުގެ ދުނިޔެއެއްގައި ފިޔަ ޖަހާތީ ސެވެންރާޖް މަޝްހޫރުވެފައިވާއިރު އޭނާގެ ނަމުގެ ސަބަބުން ވެސް އޭނާއަށް އިތުރު މަޝްހޫރުކަމެއް ލިބުނެއެވެ. ބެންގަލޫރަށް އުފަން ސެވެންރާޖް އަށް އެ ނަން ދިނީ އޭނާ އަކީ އެ އާއިލާއަށް ލިބުނު ހަތްވަނަ ކުއްޖާއަށް ވުމުންނެވެ. ހަތްވަނަ ކުއްޖާއަށްވެ ހަތެއްގެ ނަމުން ނަންދިނުމުގެ ސަބަބުން އޭނާއަށް ހަތް ނަންބަރުވެސް ވެފައިވަނީ ދިރިއުޅުމާއި ދުރުކުރެވޭ ނަންބަރަކަށް ނޫނެވެ. އޭނާ އަށް ހަތް ބަހުން ވާހަކަދައްކަން ދަސްކުރިއެވެ. ކާރުގެ ނަންބޯޑްވެސް ނިމެނީ 7777 އަދި އޭނާގެ ފޯން ނަންބަރުވެސް ނިމެނީ ހަމަ ހަތަކުންނެވެ. އަދި މިވަރުންވެސް ހަތެއް ނުނިމެއެވެ. އޭނާ ލާ ކޯޓުގައި ވެސް ހުންނަންޖެހެނީ ހަތް ގޮށެވެ.

 

ސެވެންރާޖް މީޑިއާތަކަށް ބުނެފައިވަނީ އަދި އޭނާ ދިރިއުޅުމުގެ ހުރިހާކަމެއް ރަތްކުލަކައަށް ބަދަލުކުރީ އޭނާގެ ވިޔަފާރިކުންފުނި އިސްތިހާރުކުރުމަށް ބޭނުންކުރާ ކުލައަށް ވުމުންނެވެ.

އޭނާގެ ވަށައިގެންވާ މާހައުލު ބިނާ ކޮށްފައިވަނީ ރަތާއި ހުދުންނެވެ. ސެވަންރާޖްގެ އާއިލާގައި ތިބެނީ އޭނާ އާ އެކު ހަތަރު މީހުންނެވެ. އެއީ އޭނަގެ އަންހެނުންނާއި ދެ ދަރިންނެވެ. އެ މީހުންގެ ދިރިއުޅުންވެސް ބިނާ ކޮށްފައި އޮންނަނީ ރަތާއި ހުދުންނެވެ. އެމީހުން ލާ ހެދުމާއި ހިފާގެންގުޅޭ ހުރިހާ އެއްޗެއްވެސް ހުންނަނީ ރަތާއި ހުދުންނެވެ.

ސެވެންރާޖް ބުނާގޮތުން އޭނަގެ ރަތާއި ހުދުގެ ދުނިޔެއަށް އާއިލާގެ އެއްބާރުލުން ފުރިހަމައަށް ލިބެއެވެ. މިއާއިލާ މިހާރު މަޝްހޫރުވެފައިވަނީ ރަތާއި ހުދުގެ އާއިލާގެ ނަމުންނެވެ.

ސެވެންރާޖްގެ ދިރިއުޅުން ރަތާއި ހުދުގެ ތެރެއަށް ފީނައިގެން އުޅޭއިރު އެ ދިރުއުޅުމާއި މެދު ޖޯކް ޖަހާ މީހުންވެސް އެހާގިނައެވެ. ނަމަވެސް އެ ޖޯކްތަކަށް އޭނަގެ ފަރުވާލެއް ނެތެއެވެ. އެއަށްވުރެ ބޮޑަށް އޭނަވަނީ ރަތާއި ހުދުގެ ދުނިޔެއަށް ފީނައި އެނޫންކުލައެއް ނުފެންނާނެހެން ދޮރުބަންދުކޮށްގެންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް