އިދިކޮޅުން ނެރޭ ބަޔާންތަކުގައި " އިންޑިއާ އައުޓް" ސްޓޭމްޕް ބޭނުންކުރަނީ

Loading

Facebook
Twitter
WhatsApp

 

 

އިދިކޮޅު ޕީޕީއެމް/ޕީއެންސީނ ނެރޭ ރަސްމީ ބަޔާންތަކުގައި ”އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުން ކުރަންފަށައިފިއެވެ.

އިދިކޮޅުން ބުނީ އެ ޕާޓީން  ރަސްމީ ބަޔާންތަކުގައި މީގެ ފަހުން އިންޑިއާ އައުޓް ބޭނުންކުރާނެ ކަމަށާ ރެއިން ފެށިގެން އެ ސްޓޭމްޕް ރަސްމީ ބަޔާންތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

އެ ގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާ ބޮއިކަޓް ކުރިކަން ހާމަކޮށް ރޭ އިދިކޮޅުން ނެރުނު ބަޔާނުގައިވެސް ވަނީ ”އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުންކޮށްފައެވެ.

 

އިދިކޮޅު ލީޑަރު ރައީސް ޔާމިން ޖަލުން މިިިނިވަންވުމާއެކު އިނދިކޮޅުން އަންނަނީ އިންޑީއާ އައުޓް ކެމްޕެއިންވެސް އިތުރަށް ވަރުގަދަކުރަމުންނެވެ.

ރައީސް ޔާމިނަކީ ެމަނިކުފާނުގެ ވެރިކަމުގައިވެސް އިންޑިއާ އާއި ގުޅުން ބޭއްވުމުގައި ދުރު ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ.

އަދި އެމަނިކުފާނުވަނީ އިންޑިއާ ސިފައިންނަށް ރާއްޖެއިން އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވެެ، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ވެސް ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް