އަރަބިއްޔާ  ސްކޫލް ބާ ޖަމާލުއްދީނުގައި އަޅަނީ

Loading

Facebook
Twitter
WhatsApp

 

 

އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ބާ ޖަމާލުއްދީނުގެ ބިމުހައި އެޅުމަށް ނިންމައިފިއެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ވަނީ ބައްދަލު ކޮށްފައެވެ.
ބައްދަލުވުމަށް ފަހު ބެލެނިވެރިންގެ މަންދޫބުން ބުނީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި މިހާރ ކިޔަވައިދެމުން އަންނަ އެހެން ސުކޫލަކަށް އަރަބިއްޔާ ސްކޫލްކުދިން ގެންގޮސް ކިޔަވައި ނުދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.

އެގޮތުން  ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލް އަޅުއްވާދެއްވާނެ ރައީސް ވިދާޅުވިކަމަށް ބައްދަލުވުމަށްފަހު ބެލެނިވެރިން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

އަދި އަންނަ އަހަރު ސްކޫލް ހުޅުވެން ވާއިރަށް އަރަބިއްޔާ ސްކޫލްގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާ ި އާ ސްކޫލް އަޅާއިރު އެތަން ވާނީ ޖާގައިގެ ގޮތުން ތަނަވަސް، ފެންވަރު ރަނގަޅު ސްކޫލަކަށް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ބެލެނިވެރިން ބުނެއެވެ.

 

ބެލެނިވެރިން ބުނި ގޮތުގައި ބާ ޖަމާލުއްދީންގެ ބިމުގައި އަރަބިއްޔާ ސްކޫލް އަޅަން ފަށާނެ ތާރީހެއް ވަރަށް އަވަަހަށް ސަރުރާކުން އަންގާނެ އެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އެ ސްކޫލް މިހާރު ހިންގަމުން އަންނަ އިމާރާތް ވަރަށްބޮޑަށް ރެދުލައި އެ އިމާރާތަކީ ދަރިވަރުންނަށް ރައްކާތެރިތަނެއްކަމުގައި ނުވާތީ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެ ސްކޫލުގެ ފާރުތައްވެސް ރެދުލައި ވަރަށްބޮޑަށް ހަލާކުވެފައިވާއިރު، ދަރިވަރުން އެހެން ސްކޫލެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތަކަށް ބަދަލުކުރަން ބެލެނިވެރިން ވަނީ ދެކޮޅު ހަދައިފައެވެ. އެކަމާއި ގުޅިގެން އިއްޔެ  އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ބެލެނިވެރިންނާ ބައްދަލުކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް