ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 30 އަހަރަށް ޖަލަށް

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 30 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ގިނ ައހަރުތަކަށް ޖަލަސް ލާން ހުކުމް ކޮށްފައިވަނީ، ވ. ގާތިފް، އުމުރުން 37 އަހަރުގެ ހަސަން އަތޫފްގެ މައްޗަށެވެ.

އޭނާގެ މަށްޗަށް އެހުކުމް ކޮށްފައިވަނީ އިތބާރުކުރެވޭ މަގާމެއްގައި ހުރެ  2019  ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން ކުޑަކުދިންތަކަކާމެދު ޖިންސީ ގޯނާ ކުރިކަމަށް ސާބިތުވުމާއި ގުޅިގެންނެވެ.

ހަސަން އަތޫފް މިހަރުގެ މެއި މަހުގެ ތެރޭގައި ހައްޔަރުކޮށް އޭނާގެ މައްޗަށް ޕީޖީން ފަސް ދައުވާއެއް ކޮށްފައިވެއެވެ.

އެ ދައުވާތަކާއެކު އޭނާގެ މައްޗަށް 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލު ހުކުމް އަންނަ ގޮތަށް އޮތްނަމަވެސް ދައުވާލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދި ފަސް ދައުވާގެ ތެރެއިން ތިން ދައުވާއެއްވަނީ އަނބުރާ ގެނެސްފައެވެ.

އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމި ދެ ދައުވާއަކީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުންމުގެ ދައުވާއާއި އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުންމުގެ ކުށުގެ ދައުވާއެވެ.

މި ހުކުމާއި ގުޅިގެން ޕީޖީ ޝާމީމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި އިއުތިރާފްގެ އެއްބަސްވުމަކަށް ގޮސް މައްސަލަ ނިންމާނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކޯޓުތަކުން މަސައްކަތް ކުރަން ލިޔެފައި އޮތް ސްޕީޑު ރަނގަޅުވާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް