ޝިމާޒް އަށް ރޭ މަގުމަތީން ޙަމަލަދީފި

ރައީސް މައުމޫންގެ އެމް.އާރު.އެމް.ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުންދާ ޝިމާޒަށް ރޭ ހަމަލާއެއް ދީފިއެވެ. ޝިމާޒްއަށް އަމާޒުކޮށް މި ޙަމަލާދީނީ ރޭ 9.30 އެހާކަންހާއިރު ޝިމާޒު ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރިވަގުތުގައެވެ. 3 މީހަކު އައިސް ޝިމާޒު ހިފަހެއްޓުމަށް ފަހު އަތުން ހަށިގަޑުގެ އެތަން މިތަނަށް ޙަމަލާ ދިން ކަމަށާއި ޝިމާޒު އެމީހުންގެ ޙަމަލާއިން ރެކިގެން ދުވަމުންގޮސް ހަނިގޯޅިއަކަށް ވަދެ ފިލީ ކަމަށް ޝިމާޒު ކިޔަދީނެވެ. މިޙަމަލާ ސިފަކުރައްވަމުން ޝިމާޒު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަޙުލާގެ އަޑީގައި އިންނަވައިގެން ދިން […]
ބައެއް ގޭންގްތައް ތޫނު ހަތިޔާރާއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެއުޅޭ – އިމްރާން

ބައެއްގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ވަޅިއާއި ކަޓަރުފަދަ ތޫނުހަތިޔާރާއިއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެ ޙަރަކާތް ތެރިވަމުންއެބަދާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާލުވެއްޖެއެވެ. މާލޭގެ ގޭންގެއް ދެބައިވެ އެ ދެބައިމީހުންގެ ދެމެދުގައި ނިރުބަވެރި ޙަމަލާތަކެއް ބަދަލުކޮށްފާނޭ ކަމުގެ ބިރު އެބައޮތްކަމަށް ދޭހަވާފަދަ ޢިބާރާތަކުން ދާޚިލީވަޒީރުއިމްރާން މިވަނީ ވިދާޅުވެފައވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދެއްކެވީ ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް ރާއްޖޭގައި މިހާރު ހިންގަމުންދާ އޮޕަރޭޝަނާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކާ ދެދުވަހެއްގެ ކުރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިމްރާން ވިދާޅުވިގޮތުގައި ދެބައިވެފައިވާ […]
ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާ ބާރު ގަދަ – ސީޕީ

ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާއިބާރު ގަދަ ބަޔަކު އެބައުޅޭ ކަމަށް ކޮމިޝަނަރއޮފް ވިދާޅުވެއްޖެއެވެ. ގޭންގް ތަކުގައި މަސްތުވާތަކެތީގެ ވިޔާފާރި ކޮށް މުއްސަނދި ވެފައި ތިބި ބަޔަކު އެބައުޅޭ ކަމަށާއި އެބައިހުންގެ ގައިގާ ފުލުހުހުންނަށް އަތްލެވޭވަރަށްވުރެ އެބައިމީހުންގެ ނުފޫޒާ ބާރު މާގަދަ ކަމަށް ކޮމިޝަނަރ އޮފްޕޮލިސް ވިދާޅުވެއްޖެއެވެ. މިއީ ވަރަށް ބިރުވެރި ސްޓޭޓްމަންޓް އެކެވެ. އެހެނީ ޢަމަން ބަލަހަށްޓަން އޮތް ބާރަށްވެސް ގޮންޖެހޭވަރުގެ ނުރައްކާތެރި ގޭންގުތަކެއް އުފެދި މިދަރަޖައަށް އައުމަކީ އަދި ޚޮދު ސީޕީ މިފަދަ ސްޓޭޓްމަންޓެއް […]
މާންދޫ މަސްފެކްޓަރީން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި

ލ.މާންދޫގައި ހުންނަ ޖޭޕީ ލީޑަރ ވިލާ ގާސިމް އިބުރާހިމްގެ ހޮރައިޒަން ފިޝަރީޒަށް މަސްވެރިން ކިރާފައިވާ މަހަށް ލިބެންޖެހޭ ފައިސާ މިއަދު އެކުންފުނީގެ ފަރާތުން ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށާފައިވާކަމަށް މަސްވެރިންބުނެފިއެވެ. މަސްކުރުވާގައި ނުދީ ހުރި ފައިސާތައް އެކުންފުނީގެ ފަރާތުން ކެޔޮޅުން ގެ އެކައުންޓް ތަކަށް ޖަމާކުރަން ފަށާފައި މިވަނީ މަސްވެރިން އެކުންފުންޏަށް ކިރާފައިވާމަހަށް ލިބެންޖެހޭ ފައިސާ ނުލިބި މަހަކަށްވުރެ ގިނަދުވަސްވެ މަސްވެރިންނަށް ދަތިބޮޑުވުމާއި ގުޅިގެން މީގެ ދެދުވަސް ކުރިން އެކުންފުނީގެ ކުރިމަށްޗަށް އެއްވެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ފައިސާނުލިބެނީސް ހުއްޓާނުލާނޭ ކަމަށް ބުނުމާ ގުޅިގެންކަމަށް މަސްވެރިން […]
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުން ފެނާއި ކަރަންޓް ނެތި

ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ފެނާއި ކަރަންޓް ކެނޑި އެޕާޓްމެން ތަކުގެތެރޭގައި ދިރިއުޅޭ މީހުން ބޭރަށް ނުދެވި ހެނދުނު 11 ޖެހީއްސުރެ ތާށިވެއްޖެއެވެ. އެޕާޓްމެންޓްތަކުގެ ރައްޔިތުންގެ ތެރެއިން ހެނދުނު ވަޒީފާތަކަށްދިޔަމ ީހުންވަޒީފާ ނިމިގެން އެބުރި އައިސް އެޕާޓް މަންޓްތަކަށް ނޭރި ތިބީ މަގުމަތީގައެވެ. ސްޓެލްކޯއިން ބުނީ ހޫޅުމާލެ ފޭސް 2 ކަށް ލާފައިވާ މައި ކަރަންޓް ކޭބަލް ބުރިވެފައިވާތީ އެކޭބަލްއެޅުމުގެ މަސައްކަތްމިހާރު ކުރަމުންދާ ކަމުގައެވެ. އަދި މިކަމަށްހޭދަވާނެ ވަގުތުވެސް ބުނަން ނޭނގޭ ކަމުގައެވެ. ކަރަންޓް ކޭބަލް ބުރިވެފައި ވަނީ އެޗްޑީސީއިން މަގުމަތި ކޮނުމުގެ ހުއްދަދީފައިވާ ފަރާތަކުން ބަލަންވާވަރަށް ނުބަލާ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެއެވެ. […]
ބިދޭސީންގެ މައްސަލައިގާ ސަރުކާރަށް ގޮތްހުސްވެފާ

ބިދޭސީން ރާއްޖޭގައި ތިބުމަށް އޮތް ހަމަ އެކަނި ޙައްލަކީ ގާނޫނީ އިމުގެތެރެއަށް ފެތިގެން ރާއްޖޭގައި ތިބުންކަމަށާއި ގަވާޢިދަށް ނުފެތޭ ހުރިހާ ބިދޭސީން ހައްޔަރު ކުރައްވާނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވި ނަމަވެސް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 68000އަށް ވުރެ ގިނަ ބީދޭސީން ބައިތިއްބާނެ ފެސިލިޓީ ރާއްޖޭގައި ގާއިމް ކުރެވިފައެއް ނެތެވެ. އަދި އެހެން ނޫނަސް އެމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ މުވައްސަސާ ނޫން އެހެން މުވައްސަސާއަކަށް ބިދޭސީ ހައްޔަރު ކޮށްގެން ގިނަދުވަހަކު ނުގެންގުޅިވޭނެ ކަމަށް […]
ރައްޔިތުން ފެލާލަން ނުއުޅުއްވާ!

ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތަކާއި މުދާތައް ސަރުކާރުގައި ހިމެނޭ ވަގުންގެ އަތުގައި ބަހައްޓާފައި ރައްޔިތުން ފެލަން ނުއުޅުއްވާށެވެ. މިގައުމުގެ ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި، ވަޒީރުކަން ކުރެއްވި އަދި ކުރަށްވަމުންދާ ބައެއް ވަޒީރުން އަދި މިނޫންވެސް ބައެއް ފަރާތްތަކުން ދައުލަތުން ވަގައްނަގާފައި ހުރިފައިސާއާއި މުދާ އަނބުރާ ހޯއްދެވުމަށްފަހު ދައުލަތުގެ ތިޖޫރީއަށް ވައްދަވާށެވެ. މިއީ 2018ގެ ކެމްޕައިން ވަޢުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި ފުރިހަމަ ވަޢުދެވެ. އެހެނީ ދައުލަތުގެ ޚަޒާނާއިން ވައްކަމާއި ފޭރިފައިވާ ފޭރުމަކީ ސީދާ ރައްޔަތުމީހާގެ ޖީބުން ފޭރިފައިވާ ފޭރުމެއްކަމުގައި ވާތީއެވެ. އުފެއްދެވި ރިކަވަރީ ކަމިޝަން ބޭނުންކޮށްގެން އެ ޚިޔާނާތުގެ ބައިވެރީން […]
ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނެ – ޕޮލިސް

ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވާތީ ވަރަށް ކަންބޮޑުވާން ޖެހެއެވެ. ރާއްޖޭގެ ތަންފީޒީ ބާރަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ. ރާއްޖޭގައިހަދާފައިވާ ގާނޫނު ތައް ތަންފީޒު ކުރާ ފަރާތުން އެކަން ކަން ކުރަން ނުކެރޭ ހިސާބަށް ދިއުމަކީ ރާއްޖެ އަމަން އަމާންކަން ގެއްލި ގައުމުގެ އިސްތިގްލާލާ ކަރާމާތް ގެއްލިގެން ހިނގައިދާނޭ ސަބަބެކެވެ. ރާއްޖޭގައި އުފެދިފައި ގޭންގްތަކާއި އެ ގޭންގްތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ގޭންގް ތަކުގެ ޢަދަދާއި ގޭންގުތަކުގެ ބައިވެރިންނާއި އެމީހުން އުޅޭ ތަންތަނަށް ދާންދެން މޯލްޑިވްސް […]
ތިނަދޫގެ ބިން ޢިލްމީ ނޫރުން ދިއްލާލަ ދެއްވި މަޝްހޫރު ތަރި އަލްމަރުޙޫމް އަލަގޭ ބެއްޔާގެ ޒިކުރާ-2

https://sandhaanu.today/24553/ އާއި ގުޅޭ… އަލްމަރުޙޫމް މުޙައްމަދު ޢާލީ ތަކުރުފާނު (އަލަގޭ ބެއްޔާ) އަކީ ތަޖްވީދުގެ ޢިލްމު ކިޔާވައި ދެއްވުމުގައިވެސް ފުންނާބު އުސް ބޭކަލެކެވެ. އެގޮތުން މުޙައްމަދު ޢަލީ ލިއުއްވަަފައިވާ ބައެއް ތަޖުވީދު ޢިލްމުގެ ފޮތްތަކެއް ވެސް ފެންނާން އެބަހުށްޓެވެ. ނަމަވެސް އެފޮތްތަށް ޗާޕް ކުރަން ތައްޔާރު ކޮށްފައި ވަނިކޮށް އެކަން ނުކުރެވި އެމަނިކުފާނަށް ޖެހިވަޑައި ގަތީ ދާއިމަށް ދެމިތިބެނިވި މަންޒިލަށް ދަތުރު ކުރަށްވާށެވެ. މަރުޙޫމް އަލަގޭ މުޙައްމަދު ޢަލީގެ ފުރާނައަށް ސުވަރުގޭގެ ދާއިލީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން! މަރުޙޫމު […]
ގައުމުގެ ހުންގާނު އިޚުލާސްތެރި ނޫން ފަރާތެއްގެ އަތްމައްޗަށް ދޫކޮށް ނުލާށެވެެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯ ދައުރު ކުރަމުންދާ ބޭފުޅުންގެ ތެރޭގައި ގައުމުގެ ހުންގާނު ޙަވާލު ކުރަން ހެޔޮ ނުވާވަރުގެ ނުރައްކާ ތެރި އެތަށް ބޭފުޅުންނެއް ހިމެނެއެވެ. މި ބޭފުޅުންނަކީ ރައްޔިތުންގެ ތެރޭގައި ދިރިއުޅެމުން އަންނަ އެކި ރޮނގު ރޮނގުން ޖެހުނު ގޮތަކަށް މަޝްހޫރުކަން ހޯއްދަވާފައިވާ ރައްޔިތުންނަށް ފަތިފުށް އެގޭ ބޭފުޅުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ކުރިއާލާ ކެމްޕޭނު ކުރަމުންދާ މި ދެންނެވި ބޭފުޅުންގެ ޕާޓީ ތަކަށް […]